މަޤާމް:
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
މަޤާމުގެ ނަންބަރު:
|
J-295422
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އީ. އެކްސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ
|
ޑިވިޜަން/ސެކްޝަން:
|
ކޭސް މެނޭޖްމަންޓް ޑިވިޜަން
|
މުސާރަ:
|
-/11065 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- -/3098.20 ރުފިޔާ (ޓެކްނިކަލް ކޯ އެލަވެންސް)
- ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/1300 ރުފިޔާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ޢަމަލުކުރަން ފެށުމުގެ ކުރިންނާއި ޢަމަލުކުރަން ފަށުމާއެކު ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުން.
- ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހެދުމާއި، ކަމާގުޅުންހުރި ޤާނޫނުތައް މުރާޖަޢާކުރުން.
- ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީއަށް މައްސަލަ ރިޕޯރޓްކުރާނެ ނިޒާމް ޤާއިމްކުރުމާއި އެ ނިޒާމް ހަރުދަނާގޮތެއްގައި މަސައްކަތްކުރަމުންދާކަން ކަށަވަރުކުރުން.
- ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ގައި ބަޔާންކުރާގޮތަށް ޤާނޫނު މުރާޖަޢާކުރުމާއި އިޞްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެޙައްޤުތަކަށް ހުރަސްއެޅޭ އާމައްސަލަތަކާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ވަކި ޖިންސަކަށްވީތީ ނުވަތަ އަންހެނަކަށްވީތީ ކުރާ އަނިޔާތައް ހުއްޓުވުމާ ގުޅޭގޮތުން (އިމާޖިން އިޝޫސް) މިހާރު ހުރި މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ ދާއިރާތަކާއެކު، ގުޅިގެން މަސައްކަތްކުރުން.
- ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ގެ ތިންވަނަ ބާބުގައި ބަޔާންކުރާ އެންމެހައި ޤާނޫނުތަކުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ރައްކާތެރިކަން ލިބިދޭނެ ނިޒާމުތައް ޤާއިމްކުރުމާއި އެ ނިޒާމްތައް ހަރުދަނާގޮތެއްގައި މަސައްކަތްކުރަމުންދާކަން ކަށަވަރުކުރުން.
- ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ގައި ބަޔާންކުރާ މައްސަލަތަކާއި އެ ޤާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ އެންމެހައި ޤާނޫނުތަކުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ސޯޝަލް ސަރވިސަސް ޑިޕާޓްމަންޓް މެދުވެރިކޮށް ރައްކާތެރިކަން ފޯރުކޮށްދޭކަން ކަށަވަރުކުރުން.
- ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގެ ފަންނީ މުވައްޒަފުން މަދު ސެންޓަރުތަކާއި ކޭސް ލޯޑް ނިސްބަތުން ގިނަވަމުންދާ ސެންޓަރުތަކާއި ޕެންޑިންގ ކޭސްލޯޑް ގިނަ ސެންޓަރުތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ދަށުން ހުރިހާ ދާއިރާއެއްގައި ޖެންޑަރ އީކުއަލިޓީ ޤާއިމްކުރުމުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމާއި ރާވާއި ރާވައި ހިންގުން.
- ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ދަށުން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގައި ޖެންޑަރ އީކުއަލިޓީ ޤާއިމްކުރުމުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ރާވާއި ހިންގުން.
- ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު)ގެ ތިންވަނަ ބާބުގައި ބަޔާންކުރާ އެންމެހައި ޤާނޫނުތައް (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ޖިންސީ ކުށުގެ ޤާނޫނު، ޢާއިލާ އާއި ބެހޭ ޤާނޫނު) އާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގާ ބެލެހެއްޓުން.
- ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އަންހެނުން ކުރިއަރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގުޅުންހުރި ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހަރުދަނާކުރުމާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގުޅުންހުރި ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
- ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އަންހެނުން ކުރިއަރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާގުޅޭ ހޭލުންތެރިކުރުވުގެ ޕްރޮގްރާމްތައް މަދަނީ ޖަމާޢަތްތަކާ ގުޅިގެން ހިންގުމާއި މަޢުލޫމާތު ދިނުން.
- އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުންފަދަ ނޭދެވޭ ޢަމަލުތައް ނައްތާލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތަޅު/ރަށު ފެންވަރުގައި ހިންގުމަށް ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެ މަސައްކަތްތައް ކުރަން އެފްސީއެސްސީތަކަށް އެހީތެރިވުން.
- އަތޮޅުތަކުގެ ތަރައްޤީގެ ކަންކަމުގަ އަންހެނުންގެ ހިއްސާ އިތުރުކުރުމާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ހިންގައި މަޢުލޫމާތު ދިނުން.
|
މަޤާމުގެ ޝަރުޠުތައް:
|
ސައިކޮލޮޖީ، ސޯޝިއޮލޮޖީ،ކައުންސެލިން، ސޯޝަލް ވޯރކްމިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސަރވިސަސްދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
ސައިކޮލޮޖީ، ސޯޝިއޮލޮޖީ،ކައުންސެލިން، ސޯޝަލް ވޯރކްމިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސަރވިސަސްދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު އަދި އިމްތިޙާން އިންނެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 26ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 2019 ޖުލައި މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.
|
14 ޝައްވާލް 1440ހ
17 ޖޫން 2019މ
|