ދިވެހިރާއްޖެ
1. ތަޢާރަފާއި ނަން:
( ހ ) މިއީ 31 އޮގަސްޓް 2014 ގައި ގެޒެޓް ކުރެވުނު ގަވާއިދު ނަންބަރ 2014/R-183 ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަފެން ހިންދުމާބެހޭ ގަވާއިދަށް ޢަމަލުކުރާނެ އުސޫލެވެ.
( ށ ) މި އުސޫލަށް ކިޔަނީ " ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދަށް އަމަލުކުރާނެ އުސޫލް " އެވެ. މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މިއުޞޫލް އިޢުލާން ކުރާ ދުވަހުނެ ފެށިގެންނެވެ.
2. ފެން ހިންދުން މަނާތަންތަން
( ހ ) އެއްވެސް ބިނާއެއް އިމާރާތެއްގެ ފުރާޅުން ފައިބާ ފެން ނުވަތަ އަސްކަނި ޓެރަސް، އަދި އެއަރކޯން ފެން ހިންދުމަށް މަގުމަތީގައި ވަޅުގަނޑު ހަދާ ހިންދުމާއި، މަގުމައްޗަށް ބޭރުވާ ގޮތަށް ބެހެއްޓުމަކީ މަނާކަމެކެވެ.
( ށ ) އެއްވެސް ބިނާއެއް އިމާރާތެއްގެ ފުރާޅުން ފައިބާ ފެން އަސްކަނި ،ޓެރަސް އަދި އެއަރކޯން ފެން އެއިމާރާތެއް، ބިނާއެއް ހުރި އިންފިޔަވައި އެހެން ތަނަކަށް ހިންދަންވާނީ ނުވަތަ ބޭރުވާ ގޮތަށް ބަހައްޓަންވާނީ އެތަނެއްގެ ވެރިފަރާތުގެ ހުއްދަ އޮވެގެންނެވެ.
2. ގަވައިދާ ޚިލާފްވާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް
( ހ ) ގަވައިދަށް އަމަލުކުރަން ފަށާއިރު ގަވައިދާ ޚިލާފަށް ހުރި ގޭގޭގެ ތަންތަން އިސްލާހުކުރުމަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ދެވޭނެއެވެ. (މިމުއްދަތު ދޭނީ މިކަން އިސްލާހުކުރުމަށް ކުރެވޭ ޢާއްމު އިޢުލާނަކުންނެވެ.)
( ށ ) މި ނަންބަރުގެ ހ ގައިވާ މުއްދަތުގައި ރަނގަޅު ނުކޮށްފިނަމަ 15 ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް ނަސޭހަތްތެރިވެ އެންގުމަށްފަހު ރަނގަޅު ނުކޮށްފިނަމަ ގަވައިދުގެ 6 ވަނަ މާއްދާގެ ދަށުން ޖުރުމަނާކުރެވޭނެއެވެ.
( ނ ) މި ގަވައިދާ ޚިލާފަށް ހުރި އިމާރާތެއް އެކަން އިސްލާހުކުރުމުގެ ކުރިން އެއިމާރާތެއްގައި އިގްތިޞާދީ އިޖްތިމާޢީ މަސައްކަތްތައް ކުރުމުގެ ހުއްދަ ނުދެވޭނެއެވެ.
( ރ ) ތަކުރާރުކޮށް ގަވައިދާ ޚިލާފްވުމާއި، ގަވައިދާ ޚިލާފްވުމުގެ ސަބަބުން ކުރެވޭ ޖުރުމަނާ ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ޝަރީޢަތަށް ހުށަހެޅޭނެއެވެ.