ދިވެހިރާއްޖެ
މަޤާމް: ކައުންސެލަރ
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް.އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ސެކްޝަން: އެޑްމިނިސްޓްރޭޝަން
މަޤާމް އޮތް އޮފީސް: މަޑަވެލީ ސްކޫލް
ވަޒީފާ އަދާ ކުރަންޖެހޭ ތަން: މަޑަވެލީ ސްކޫލް/ ގދ. މަޑަވެލި
މުސާރަ: -/5610.00 ރުފިޔާ
ސަރވިސް އެލަވަންސް:-/2000.00 ރުފިޔާ
ސަޕޯރޓިންގ ކޯ އެލަވަންސް: -/700.00
އެހެނިހެން އެލަވަންސް:
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން ޢިނާޔަތް.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1- ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާޢި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން.
2- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާޢި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.
3- ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުން ހުށައަޅާކަންތައް ބަލައި ، އެކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.
4- ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.
5- ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާޢި، ހަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.
6- ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ހަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
7- މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ގަވާއިދުތަކާއި އުސޫލުތަކާއި ޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކުރާ ސްކޫލުގެ "ޗައިލްޑު ޕްރޮޓެކްޝަން ޕޮލިސީއާއި އެންޓި ބުލީން ޕޮލިސީ" އަދި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުން ތައްޔާރުކޮށްފައިވާ އެހެނިހެން އުސޫލުތައް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ތަންފީޒުކުރުން.
8- ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ "ވަލްނަރަބަލް" ދަރިވަރުންގެ ހާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސްޓީޗަރާއި، ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާއާއެކު ހަމަޖައްސަވައި އެފަދަ ދަރިވަރުންގެ ފުރިހަމަ މައުލޫމާތު ބެލެހެއްޓުން.
9- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖައްސައި، އެދަރިވަރުންގެ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުމާއި، އެދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ކޭސްނޯޓާއި ރިކޯޑު ބެލެހެއްޓުން.
10- ޓީޗަރުންނަށް ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި މަޢުލޫމާތައި، ޓީޗަރުންނަށް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން އިންތިޒާމުކޮށް ރާވައި ހިންގުން.
11- ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ކުރިމަތިވަމުންދާ ގޯނާ/އަނިޔާ/އިހުމާލު ފާހަގަވެއްޖެނަމަ، ރިޕޯޓު ކޮށްފިނަމަ ނުވަތަ ޝައްކުކުރެވޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ "ދަރިވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމުގައި އަމަލުކުރާނެގޮތުގެ ސިޔާސަތު ބަޔާންކުރާ އުސޫލު" ގައިވާ ގޮތުގެ މަތިން އަމަލުކުރުން.
12- ސްކޫލްތަކުގެ ކައުންސެލަރުންނާއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބާއްވާ ފޯނުކޮންފަރެންސްތަކުގަޔާއި، ކޭސް މެނޭޖްމަންޓް ސެޝަންތަކުގައި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި ސުޕަވިޝަން ސެޝަންތަކާއި މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެމަތިން ބައިވެރިވެ، ސްކޫލުގެ ކޭސްތައް ދަރިވަރުންގެ ސިއްރު ހިފެހެއްޓޭގޮތަށް ހިއްސާކުރުން.
13- ކައުންސެލިންގ ހިދުމަތަށް އަންނަ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީހަދައި ބެލެހެއްޓުމާއި، ކޭސް ފައިލްސް ހެދުމާއި، ސެޝަންތައް ކުރިއަށްދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި، ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓްސް ލިޔެ ފައިލްކޮށް ބެލެހެއްޓުން.
14- ދަރިވަރެއްގެ ނުވަތަ ދަރިވަރުންތަކެއް މައްސަލައެއްގައި ކައުންސެލަރ ދިވެހި ފުލުހުންގެ އިދާރާއަށް ނުވަތަ ޝަރުއީ ކޯޓަކަށް ޖަވާބުދާރީވާން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ލީގަލް އޮފިސަރުގެ ފަންނީ ލަފަޔާއި އެއްގޮތަށް އަމަލުކުރުން.
15- ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީކުރުމަށް ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ސްކޫލު ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާޥައި ހިންގައި ބެލެހެއްޓުމާއި ސްކޫލުގެ މާހައުލަކީ ދަރިވަރުންނަށާއި ސްކޫލްގެ މުވައްޒަފުންނަށް ނަފްސާނީގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރަން ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުން.
16- ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލުގެ ލިއޭޒަން އޮފިސަރ ނުވަތަ ޑެޕިއުޓީ ލިއޭޒަން އޮފިސރެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި، ސްކޫލުގައި ހިންގާ ހާއްސަ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކައުންސެލަރގެ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެދަރިވަރުންނަށް އެހީތެރިވެދިނުން.
17- ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ނުފުސާނީ ދުޅަހެއުކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުގައި ހިންގާ ހަރަކާތްތަކުގެ ތާވަލު ކޮންމެ އަހަރެއްގެ ތައުލީމީ އަހަރު ފެށުމާއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަނަލް ސުޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް ހިއްސާކުރުމާއި، ކޮންމެ އަހަރަކު ސްކޫލުން ހިންގާ މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ އަހަރީ ރިޕޯޓުގެ ކޮޕީއެއް 10 ޑިސެމްބަރގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަނަލް ސުޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް ފޮނުވުން.
18- އިތުރު ހަރަކާތްތަކާއި ގުޅޭގޮތުން މަސްއޫލު ފަރާތްތަކުން ކުރުމަށް ހަވާލުކުރާ މަސައްކަތްތައް ފަސްނުޖެހި ކުރުމާއި ވަޒީފާގެ މަސްއޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން ވެރިޔަކު ރަސްމީ މަސައްކަތެއް ހާލުކުރުމަށް ޖެހިއްޖެ ހިނދެއްގައި ހަވާލުކުރައްވާ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުން.
މަޤާމުގެ ޝަރުތުތައް:
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ގުޅޭ ވަޒީފާގެ ދާއިދާ:
ކައުންސެލިންގ
ތަޢުލީމީ ރޮނގުތައް:
ކައުންސެލިންގ
ސައިކޮލޮޖީ
ހުށަހަޅަންޖެހޭ ލިޔުންތައް
- 1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލްސާވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި އަދި މިސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
- 2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- 4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
- 5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
- (ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- 6. ވަޒީފާގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓުގެ ކޮޕީ.
- 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންނެއްގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން
ރ. ސިވިލް ސާވިސްއަށް ވަނުމަށްދެވޭ އިމްތިހާން
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މަޑަވެލީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@madavelischool.edu.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2019 ޖުލައި 04 އަދި 08 އާއި ދެމެދު، މަޑަވެލި ސްކޫލްގައެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ޝޯޓް ލިސްޓްކުރުން
މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މީގެ އިތުރުން މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން 55 (ފަންސާސްފަހެއް) އަހަރު ފުރިފައިވާ ފަރާތްތައް އުނިކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %45 އަށްވުރެ މަތިވާންޖެހޭނެއެވެ.
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މަޑަވެލީ ސްކޫލުގެ ނަންބަރު 7983090 ފޯނަށެވެ. އީމެއިލް ކުރާނީ admin@madavelischool.edu.mv އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.