ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL/303-AS/2019/40
އިޢުލާން
ރައްޔިތުންގެ ސިއްރު ވޯޓް ނެގުމާއި ގުޅޭ
އުނގޫފާރު ރައްޔިތުންގެ ނަމުގައި މިކައުންސިލުން ހިންގަމުންދާ އިންޖީނުގެ، ނަރުދަމާ، އަދި ފެނުގެ ނިޒާމްގެ އިތުރުން ކުނިކޮށި އުނގޫފާރު ރައްޔިތުންގެ ނަމުގައި ހިންގާނީތޯ ނުވަތަ ކުންފުންޏަކާއި ހަވާލުކުރާނީތޯ ބެލުމަށް އުނގޫފާރުގައި ރައްވެހިވެފައިވާ ފަރާތްތަކުގެ މެދުގައި ސިއްރު ވޯޓެއް ނެގުމަށް ކައުންސިލްގެ މިދައުރުގެ 88 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. ވޯޓް ލުން އޮންނާނީ 6 ޖުލައި 2019، ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން މެންދުރު 14:00 އަށް އުނގޫފާރު ސުކޫލްގެ ރިހިމާލަމުގައެވެ. މިވޯޓްގައި ބައިވެރިވެވޭނީ 5 ޖުލައި 2019 އަށް 18 އަހަރު ފުރިފައިވާ އުނގޫފާރުގެ ރައްވެހިންނަށެވެ.
ވޯޓް ލުމަށް ވޯޓްފޮށި ބަހައްޓާނީ އުނގޫފާރުގައި 2 (ދޭއް) ވޯޓް ފޮށި އަދި މާލޭގައި 1 (އެކެއް) ވޯޓް ފޮއްޓެވެ.
ވީމާ، މާލޭގައި ބަހައްޓާ ވޯޓް ފޮއްޓަށް ވޯޓްލުމަށް ބޭނުންވާ ފަރާތްތަކުން، 5 ޖުލައި 2019 އަށް 18 އަހަރު ފުރިފައިވާ އުނގޫފާރު ރައްވެހިން 2019 ޖޫން 30، އާދިއްތަ ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީވުމަށްޓަކައި ފުރިހަމަ ނަމާއި (އައިޑީކާޑްގައި ގޮތަށް) ދާއިމީ އެޑްރެސް، އައިޑީ ކާޑް ނަމްބަރ އަދި "މާލެ" ޖެއްސެވުމަށްފަހު 9892100 އަށް އެސް އެމް އެސް ކުރެއްވުން އެދެމެވެ. (މިސާލު: NAME ADDRESS A000000 MALE)
މާލޭގައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭގައި ވޯޓްލުމަށް އެދި 50 މީހުންނަށްވުރެ އިތުރަށް ރަޖިސްޓްރީވެއްޖެނަމަކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
26 ޖޫން 2019
އަބްދުންނާޞިރު ޢަލީ
(ކައުންސިލްގެ ރައީސް)