ދިވެހިރާއްޖެ
ނައިފަރު ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ހިފުމަށް ކުރެވުނު (IUL)327-C/327/2019/107ނަމްބަރު އިއުލާނާއި ބަލައިގަނެފައިވާ ބިޑް ފޯމްތައް ބާތިލްކޮށް އަލުން މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން ނައިފަރު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ.
މަޢުލޫމާތު ފޯމް ވިއްކުން 1 ޖުލައި 2019 އިން ފެށިގެން 7 ޖުލައި 2019 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށް ބިޑް ޑޮކިއުމެންޓްސް ނައިފަރު ކައުންސިލްގެ އިދާރާއިން ގަންނަން ލިބޭނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 50.00 ރުފިޔާއެވެ. |
މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް ނައިފަރު ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް އޮންނާނީ 8 ޖުލައި 2019 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ޕްރީ ބިޑް މީޓިންގް އަށް ވަޑައިގަންނަވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނަވަން ވާނެއެވެ. ޕްރީބިޑް މީޓިންގްއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑް ޑޮކިއުމެންޓް ބައްލަވައިގަނެފައިވާނަމަ ބިޑް އޯޕަން މީޓިންގައި ބައިވެރިވެވޭނެއެވެ. |
ބިޑް އޯޕަން މީޓިންގް ނައިފަރު ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށްޓަކައި ބާއްވާ ބިޑް އޯޕަން މީޓިންގް އޮންނާނީ 21 ޖުލައި 2019 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. |
އިތުރު މަޢުލޫމާތު ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ. |