މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-309991
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް.4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒް /އެޑްމިނިސްޓްރޭޝަން ޔުނިޓް/ ކ. މާލެ
|
މުސާރަ:
|
މަހަކު 5,020.00ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު 1,500.00ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00ރުފިޔާ
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތަށް މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުމާއި، އެކިއެކި ސެކްޝަންތަކުން ބޭނުންވާ ތަކެތި ގަވާއިދާއި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ސެކްޝަނަތަކަށް ދޫކުރުން.
- ސްޓޮކުން މަދުވަމުންދާ ތަކެތި ފާހަގަކޮށް ތަކެތި ހުސްވުމުގެ ކުރިން އެތަކެތި ހޯދުމަށްޓަކައި ޕްރޮކިއުމަންޓް ސެކްޝަނުގައި އެދުން އަދި އެތަކެތި ހޯދައިދެއްވުމުން SAP އިން ޕީއޯ ރިސީވްކޮށް ގެނެވުނު ތަކެތި ސިސްޓަމަށް އެޅުން
- ކަނޑައެޅިފައިވާ ގަވައިދުތަކާއި އެއްގޮތަށް މިނިސްޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، އިންވެންޓްރީގައި ހިމެނޭ ކޮންމެ އައިޓަމެއްގައި ނަންބަރު ޖެހުމާއި، އަދި އަލަށް ހޯދާ ތަކެތީގައިވެސް އިންވެންޓްރީ ނަންބަރު ޖެހުމާއި އަދި ކޮންމެ 3 މަހަކުން 1 މަހު އިންވެންޓްރީ އަޕްޑޭޓް ކުރުން.
- މިނިސްޓްރީގެ ބިންތަކާއި ގުދަން ބެލެހެއްޓުން
- އޮފީސް ހުޅުވާ ލެއްޕުމާ ގުޅޭ ހުރިހާ އިންތިޒާމެއް ހަމަޖެއްސުން
- އެކިއެކި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެކިއެކި ފަރާތްތަކާއެކު ސެކްޝަނުން ކޮށްފައިވާ އެގްރީމަންޓްތައް ގަވާއިދުން ބެލެހެއްޓުމާއި، އެގްރީމަންޓްގެ މުއްދަތު ހަމަވުމުގެ ކުރިން ސެކްޝަން ހިންގުމާ ޙަވާލުވެހުރި ވެރިއެއްގެ މަޝްވަރާގެ މަތިން އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އޮފީހުގެ އެކިއެކި މެއިންޓަނަންސް މަސައްކަތްތައް ސެކްޝަން ހިންގެވުމާ ޙަވާލުވެހުންނެވި އިސްވެރިޔާއާއި، މަޝްވަރާކޮށްގެން އެކަންކަން ހައްލުކުރުން.
- މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކުން ޕޯސްޓްކުރުމަށް ޙަވާލުކުރެވޭ ތަކެތި ޕޯސްޓް ކުރުމާއި، އަދި ޕޯސްޓްކުރާ ސްލިޕްތަކާއި ފޯމްތައް ގަވާއިދުން ބަލަހައްޓާ އެތަކެތި ބަޖެޓް ސެކްޝަނާ ހަވާލުކުރުން
- އޮންނަ އުޞޫލުގެ މަތިން ނީލަން ކިޔަން ފޮނުވަންޖެހޭތަކެތި ނީލަންކިޔާ އިންވެންޓްރީން އުނިކޮށް ބަޖެޓް ސެކްޝަނަށް ރިޕޯޓް ފޮނުވުން
- ދުވަސްވެފައިވާ ލިޔުންތައް މިނިސްޓްރީގެ ގުދަނަށް ގެންގޮސް، ގެންދެވޭ ތަކެތީގެ ރެކޯޑްސް ބަލަހައްޓައި އަދި ނައްތާލަންޖެހޭތަކެތި އޮންނަ އުޞޫލުގެ މަތިން ނައްތާލުން
- ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓްރީކުރުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ހިންގުމާ ޙަވާލުވެ ހުންނަ ވެރިޔަކު އަންގާގޮތެއްގެ މަތިން ކުރުން.
- ކުރިއަށް އޮންނަ އަހަރަށް ސެކްޝަނުން ލަފާކުރާ ބަޖެޓް ސެކްޝަން ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއެއްގެ މަޝްވަރާގެ މަތިން ތައްޔާރުކުރުން.
- އެކިއެކި ފަރާތްތަކަށް ފޮނުވަން ޙަވާލުކުރާ ސިޓީތައް އޮފީސް އެސިސްޓެންޓް ލައްވާ އެތަކެތި ޙަވާލުކުރަންޖެހޭ ތަންތަނަށް ދުވަހުން ދުވަހަށް ޙަވާލުކުރުން
- ޤައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރާ އެކިއެކި ރަސްމިއްޔާތުތަކުގެ ތެރެއިން މި މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތައް ފާހަގަ ކުރުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ސެކްޝަނުން އަންގަވާ މަސައްކަތްތައް ކުރުން.
- މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެހެން ސެކްޝަންތަކުން ކުރިއަށް ގެންދަވާ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަމެއް ބޭނުންވެގެން އެދިވަޑައިގެންފިނަމަ އެކަމެއްގައި އެހީތެރިވެދިނުން.
|
މަޤާމުގެ ޝަރުޠުތައް:
|
- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްhr@homeaffairs.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 ޖުލައި 2019 އާއި 08 އޮގަސްޓް 2019 އާއި ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.
|