ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2019/71.
އިޢުލާން
މިނިވަންދުވަސް 2019 ގެ މުނާސަބަތުގައި 24 ޖުލައި އަދި 26 ޖުލައި 2019 ވަނަދުވަހުގެ ރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓުތަކަށް ގަލޮޅު ދަނޑުތައްޔާރު ކުރުމުގެ ގޮތުން ތިރީގައި މިދަންނަވާ ކަންތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ދަނޑުގައި އިވެންޓް އޮންނަ ރޭތަކުގައި ދަނޑަށް ވަންނަ ބޭފުޅުންނަށް ބޯފެން ސަޕްލައި ކޮށްދިނުން.
- ރޮސްޓްރަމް އާއި ދަނޑުގައި ގޮނޑި ޖަހައިދިނުން.
- ދަނޑުގައި ބޭނުންކުރާ އިސްތިހާރު ބޯޑުތަކާއި ބެންޗުތަށްނެގުމާއި އިވެންޓު ނިމުމުން އަލުން ބެހެއްޓުން.
- ދަނޑުގައި ބޭނުންކުރާ ފާޚާނާތަށް ސާފުކުރުން.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
29 ޝައްވާލް 1440
02 ޖުލައި 2019