ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމްގެނަންބަރު: |
J-293140 |
ބޭނުންވާއަދަދު: |
01 (އެކެއް) |
މަޤާމްގެގިންތި: |
ދާއިމީ |
މަޤާމްގެރޭންކް: |
ޖީ.އެސް 4 |
މަޤާމްގެކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
ސެކްޝަން: |
އިދާރީ ސެކްޝަން |
މަޤާމްއޮތްއޮފީސް: |
ދ. އަތޮޅު ތަޢުލީމީ މަރުކަޒު |
ވަޒީފާ އަދާކުރަންޖެހޭތަން: |
ދ. އަތޮޅު ތަޢުލީމީ މަރުކަޒު / ދ. ކުޑަހުވަދޫ |
މުސާރަ: |
-/5020 (ފަސްހާސް ވިހި ރުފިޔާ) |
ސަރވިސް އެލަވަންސް: |
-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
އިތުރު އެލަވަންސް: |
ސަޕޯޓިންގ ކޯ އެލަވަންސް 2 (-/700 ހަތްސަތޭކަރުފިޔާ) |
އިތުރުޢިނާޔަތްތައް: |
1- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މިމާޤާމުގެ މައިގަނޑު މަސައްކަތަކީ ސްކޫލްގެ އިދާރީ ހިންގުމުގެ މަސައްކަތުގައި އެހީތެރިވެދިނުމާއެކު ސްކޫލްގެ މުވައްޒަފުންގެ ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުމާއި އަދި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގައި އެހީތެރިވުމެވެ. 1. އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް: 1.1. ސްކޫލްގެ ރަސްމީ އީމެއިލް ޗެކްކުރުމާއި / ސްކޫލުން ފޮނުވަންޖެހޭ އީމެއިލް ފޮނުވުން. 1.2. ސްކޫލްގެ ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކުން ތަކެތި ދޫކުރުން. 1.3. ސެކްޝަނުގެ މަސައްކަތަށް ބޭނުންވާ ފޮތްތަކާއި ފައިލްތައް ތައްޔާރުކުރުން. 2. މުވައްޒަފުންގެ ވަޒީފާއާއި ގުޅޭ މަސައްކަތްތައް: 2.1. ސްކޫލްގެ މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އަޕްޑޭޓް ކުރުން. 2.2. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާ ގުޅޭ ފޯމްތައް ތައްޔާރުކުރުން. ސުޕަވައިޒަރުން މެދުވެރިކޮށް ފޯމް ފުރުން. 2.3. ވަޒީފާގެ އޮނިގަނޑުގެދަށުން މުވައްޒަފުންލިބޭ ކުރިއެރުމުގެ އެންމެހާ މަސައްކަތްތައް ނިންމުން. 2.4. ސިވިލްސާރވިސް ޤާވާއިދާ ޚިލާފުވެގެން މުވައްޒަފުންނަށް އަޅާ ފިޔާވަޅުގެ ރެކޯޑްސް ބެލެހެއްޓުން. 2.5. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، ޗުއްޓީ ޗިޓް ހަދާ ޙަވާލުކުރުން. 2.6. މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓްސެކްޝަނާއި ޙަވާލުކުރުން. 2.7. ސްކޫލަށް ކުދިން ވެއްދުމާއި ވަކިކުރުމާއި ގުޅޭ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި ޑާޓާބޭސް އަޕްޑޭޓް ކުރުން 2.8. ދަރިވަރުންގެ މަޢުލޫމާތު ދަރިވަރުންގެ ރަޖިސްޓްރީއަށް އަޕްޑޭޓް ކުރުން 2.9. ދަރިވަރުންގެ މަޢުލޫމާތު ގޫގުލް ޝީޓަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 2.10. ދަރިވަރުންގެ ސަލާމުގެ ރެކޯޑް ގޫގުލް ޑްރައިވްއަށް އަޕްޑޭޓްކުރުމާއި އެމަޢުލޫމާތު ބެލެހެއްޓުން 2.11. ދަރިވަރުންގެ ޙާޟިރީ ޝީޓް ކޮންމެ މަހަކު ތައްޔާރުކުރުން 2.12. ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް ހެއްދުމާއި ދޫކުރުން 2.13. ޑީ.ޕީ.އީ ގެ އިމްތިހާންތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްކުރުން 2.14. ޑީ.ޕީ.އީ އިން ބާއްވާ އިމްތިހާންތަކުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން / ސެޓްފިކެޓް ދޫކުރުން 3. އެހެނިހެން މަސައްކަތް: 3.1. ސްކޫލްގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 3.2. ސްކޫލްގެ ފަރާތުން ޢާއްމުފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިވާނޭހެން ޕަބުލިކް ރިލޭޝަންސް އާއި ބެހޭ ކަންތައްތައް ކުރުން. 3.3. ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން. 3.4. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރަންވަންވާނެއެވެ. އިދާރީ ހިންގުމާއިބެހޭ ސެކްޝަންގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން ސްކޫލްގައި ހިންގޭ އެންމެހައި ޙަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވައި، ސެކްޝަންގެ ވެރިޔާއަށް ކަމާގުޅޭ މަޢުލޫމާތު ދިނުން. |
ޝަރުޠު: |
1- 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ 3- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
ގުޅޭ ވަޒީފާގެ ދާއިރާތައް: |
އެޑްމިނިސްޓްރޭޝަން |
ތަޢުލީމީ ރޮނގުތައް: |
ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް: |
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު - މަސައްކަތުގެ ތަޖުރިބާލިބިފައިވާ މިންވަރު - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން |
އިންޓަރވިއު ކުރުން: |
1. މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ތާރީޚާއި ތަން އަދި ގަޑި،އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 2. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަށް ޝޯރޓް ލިސްޓުކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. 3. މިމަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.މިމަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެ ވާހަކަދަންނަވަމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލްސަރވިސް އިންބޭރުވަޒީފާ އެއްއަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާން ކޮށްއެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@dhaec.edu.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލައަކީ %45 އެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަންބޭނުންފުޅުވެލައްވާ ފަރާތްތަކުން ސްކޫލްގެ ނަންބަރ 7952914 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. |