ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް Access Control System with Locks ގަތުމަށް 29 މެއި 2019 ވަނަ ދުވަހު ކެރެވުނު ޢިޢުލާން (ނަންބަރު: (IUL) 164/1/2019/37) އަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލު ކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ މަޢުލޫމާތު ސާފުކޮށް، 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް:
ޕްރޮކިއުމަންޓް ސެކްޝަން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ
ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3344000
އީ-މެއިލް: procurement@ncit.gov.mv
30 ޝައްވާލު 1440
03 ޖުލައި 2019