ދިވެހިރާއްޖެ
ޢިޢުލާން
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އާންމު އިންތިޙާބު 2019
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމިޓީގެ މެންބަރުން ހޮވުމަށް، ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޙާބު 2 އޯގަސްޓް 2019 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލަށްވާންބޭނުފުޅުވާ، މި އެސޯސިއޭޝަންގެ ފަރުދީ މެންބަރުންނަށް 3 ޖުލައި 2019 ވަނަދުވަހުން ފެށިގެން 28 ޖުލައި 2019 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
- އިންތިޙާބު ކުރިޔަށް ދާނީ: މާފަންނު އިޖުތިމާއީ މަރުކަޒް މީޓިންގ ރޫމް (ސޯސަލް ސެންޓަރ)
- ގަޑި : 20:30
- ތާރީޙް : 2 އޯގަސްޓް 2019 (ހުކުރު)
އަދި ވޯޓްދިނުމުގެ ޙައްޤު ލިބިފައިވާ، މި އެސޯސިއޭޝަންގެ ފަރުދީ މެންބަރުންގެ ދަފްތަރު، 7 (ހަތެއް) ދުވަހުގެތެރޭ، ސަރުކާރުގެ ގެޒެޓް ގައި ޝާޢިޢު ކުރެވޭނެއެވެ. އަދި އިންތިޙާބާއި ގުޅޭ އެއްވެސް ޝަކުއާއެއް ހުށައަޅުއްވަން ބޭނުންވާ ފަރާތްތަކުން، 14 ޖުލައި 2019 ވަނަ ދުވަހުގެ (އާދިއްތަ) މެންދުރު 12:00 ގެ ކުރިން، ލިޔުމަކުން މި އެސޯސިއޭޝަންގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ޝަކުއާ ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ޝަކުއާއެއް ބަލައި ނުގަނެވޭނެވާހަކަ އަންގަމެވެ.
ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް، މި އިޢުލާން އާއިއެކު ޑައުންލޯޑް ކުރެވޭނެއެވެ. އަދި އެސޯސިއޭޝަން ގެ ރަސްމީ ވައިބަރ ގްރޫޕް އާއި އެސޯސިއޭޝަންގެ އިދާރާއިން ލިބޭނެއެވެ.
ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހެޅުމަށް ކަނޑައެޅިފައިވާ "ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް" ބަލައި ގަތުން ކުރިޔަށްދާނީ، 28 ޖުލައި 2019 ވަނަ ދުވަހުގެ މެންދުރު 12:00ން 14:00 އާއި ދެމެދު، ގަލޮޅު ބޯޅަދަނޑު، އެކަމަޑޭޝަން ބްލޮކް ގައިހުންނަ މި އެސޯސިއޭޝަންގެ އިދާރާއިންނެވެ.
ފޯމް ބަލައިގަތުމުގައި، ހުށަހަޅާ ފޯމްގައި ފުރިހަމަ ކުރަށްޖެހޭ މައުލޫމާތު ފުރިހަމަނުވާ ފޯމްތަށް ބަލައި ނުގަނެވޭނެވާހަކަ ވެސް ދެންނެވީމެވެ.
ހިންގާ ކޮމިޓީގެ މަޤާމުތަށް:
- ރައީސް
- ނާއިބް ރައީސް
- އާންމު މެންބަރު 3 (ތިނެއް)
އިތުރު މަޢުލޫމާތު 7812226 އިދާރާގެ މޯބައިލް އާއި ގުޅުންއެދެން.