ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)433-AFI/433/2019/7
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 15 ޖުލައި 2019 14:00
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އިޢުލާނު

މަޤާމް: ޑިރެކްޓަރ

މަޤާމުގެ ނަންބަރު: J-248125

ބޭނުންވާ އަދަދު: 1

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން: ދިވެހރާއްޖޭގެ ޤައުމީ އަރުޝީފު / މާލެ، ދިވެހިރާއްޖެ

މުސާރަ: 8,835.00 ރުފިޔާ

ސަރވިސް އެލެވަންސް: 2,000.00 ރުފިޔާ   

އެހެނިހެން އެލަވަންސްނަންޕްރެކްޓިސް އެލަވެންސް ގެގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

                 ސަޕޯޓިން ކޯ އެލަވެންސް 1,100 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޤައުމީ އަރުޝީފުގެ ޗީފް އާރކިވިސްޓްގެ ލަފަޔާއެކު ސަރވިސް ސެކްޝަނުން ދޭ ޚިދުމަތްތަކާއިގުޅޭ ސިޔާސަތުތައް އެކަށައެޅުމާއި، ސްޓެރެޓެޖީތައް އެކުލަވައި ޚިދުމަތްތައް ފޯރުކޮށްދިނުން.

2. ޤައުމީ އަރުޝީފުގެ ސަރވިސް ސެކްޝަންގެ ދަށުން ހިންގާ ރިސަރޗް އެންޑް ޑިގިޓަލައިޒޭޝަން ޔުނިޓް އާއި، ރީޖަނަލް ބްރާންޗް ޔުނިޓާއި، އައި. ސީ. ޓީ. ޑިވެލޮޕްމެންޓް ޔުނިޓްގެ މަސައްކަތްތައް ވިލަރެސް ކުރުން

3. ޤައުމީ އަރުޝީފުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން

4. ޤައުމީ އަރުޝީފުން ޕްބލިޝް ކުރަންޖެހޭ ލިޔެކިޔުންތައް ޕަބްލިޝް ކުރުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން

5. ޤައުމީ އަރުޝީފުގެ ރީޖަނަލް ބްރާންޗްތައް ހިންގުމުގައި އިރުޝާދުދީ އެތަންތާނގެ މަސައްކަތްތައް ވިލަރެސް ކުރުން

6. ޤައުމީ އަރުޝީފުގެ ޑިޖިޓަލް ސަރވިސްގެ ޚިދުމަތް ބެލެހެއްޓުމާއި އެ ޚިދުމަތައް އެދޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން

7. ޤައުމީ އަރުޝީފުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު، އަވަސް ގޮތެއްގައި ޚިދުމަތް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދިނުން

8. ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހިންގަންޖެހޭ ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ދައުލަތުގެ އިދާރާތަކަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސް ކުރުން

9. އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރެކޯޑްތައް ބެލެހެއްޓުމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން.

10. ސެކްޝަން/ޑިވިޜަންގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙަވާލުކުރުމުން އެފަދަ މަސައްކަތްތައް ކުރުމާއި، އޮފީހުގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ އަސާސީ ޝަރުޠު:

1. މަގާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،  

   ނުވަތަ،  

2. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމާ ރޮގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށްބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖުލައި 2019 ވާ (ހޯމަ) ގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އިދާރީ ބަޔަށެވެ. ވަޒީފާއަށް އެދޭ ފޯމު ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވެބްސައިޓުން ލިބެން ހުނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް info@archives.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 16 ޖުލައި 2019 އާއި 25 ޖުލައި 2019 އާ ދެމެދު، އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ. 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010966 އަށެވެ.

އީ-މެއިލް ކުރާނީ info@archives.gov.mv އަށެވެ.

 

01 ޛުލްޤަޢިދާ 1440

04 ޖުލައި 2019