ދިވެހިރާއްޖެ
ނަންބަރ: MTCC-PD/IU/2019/00113
އިޢުލާން
ރަސްފަންނު ބީޗްގައި ޤާއިމް ކޮށްފައިވާ ކިއޮކްސް ކުއްޔަށްދިނުމާއިބެހޭ
މާލެ ހުޅަނގު ފަރާތުގައި، ރަސްފަންނު ބީޗް ގައި ޤާއިމު ކުރެވިފައިވާ ކިޔޮސް ފިހާރަ ހިންގުމާއި މަސްފިހާރަ ސަރަހައްދު މަރާމާތުކޮށް ސާފުކޮށް ބެލެހެއްޓުމާއި ފިޝިންގ ޕްލެޓްފޯމް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2019 ޖުލައި 11 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 ޖުލައި 18 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
01ދުލްޤައިދާ1440
04 ޖުލައި 2019