ދިވެހިރާއްޖެ
މިރަށު މަސްމާރުކޭޓު އިމާރާތް ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)383/383/2019/30 (16 މެއި 2019 ) އިޢުލާނާއި ގުޅިގެން ހުށަހެޅުނު ބީލަން ކަރުދާސްތައް ފުރިހަމަނުވާތީ އެއިޢުލާނު ބާޠިލްކުރުމަށްފަހު މަސްމާރުކޭޓު ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ. މަސްމާރުކޭޓު ކުއްޔަށްދިނުމާގުޅޭ ބީލަންކަރުދާސް 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 10:00 ން ފެށިގެން 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަންކަރުދާހުގެ އަގަކީ -/150 (ސަތޭކަ ފަންސާސް ރުފިޔާ)އެވެ.
ޕްރޮޕޯސަލް ބަލައިގަތުމާއި، ޕްރޮޕޯސަލް ކެނޑުން އޮންނާނީ 2019 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންކަރުދާސް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
ބީލަންކަރުދާސް ބައްލަވައިގަތުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏަކުން ނުވަތަ ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ބީލަންކަރުދާސް ބައްލަވައިގަންނަވާނަމަ އެ ލީގަލް ބޮޑީއެއްގެ ރަޖިސްޓްރީ ކޮޕީއާއި ލެޓަރހެޑްގައި ހުށަހެޅޭ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ކޮންމެ ފަރާތެއްގެ ނަމުގައި ނެންގެވޭނީ އެއްކަރުދާހެވެ.
ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.