ދިވެހިރާއްޖެ
މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 14 ޖުލައި 2019 އިން 16 ޖުލައި 2019 އަށް ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު 10:00 ގައި ހުޅުދޫ ސްކޫލްގައެވެ.
ބީލަން ހުޅުވުން އޮންނާނީ 22 ޖުލައި 2019 ވާ ހޯމަ ދުވަހު 10:00 ގައި ހުޅުދޫ ސްކޫލްގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުޅުދޫ ސްކޫލް
ސ.ހުޅުދޫ، ދިވެހިރާއްޖެ
ފޯން: 6894068
އީ-މެއިލް: admin@hulhudhooschool.edu.mv