ދިވެހިރާއްޖެ
(IUL)10-C/10/2019/79 :ނަންބަރު
އިޢުލާނު
މަޤާމް: |
ސީނިއަރ ލީގަލް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-309927 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ސީ.އެސް. 11-2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް ހޯމްއެފެއާޒް /ލީގަލް ސެކްޝަން / ކ. މާލެ |
މުސާރަ: |
މަހަކު 11,830.00ރުފިޔާ |
ސަރވިސް އެލެވަންސް: |
މަހަކު 3,600.00ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- މިނިސްޓްރީން އެކުލަވާލާ ބިލުތައް އަދި މިނިސްޓްރީގެ ބެލެނެވެރިކަމުގައިވާ ޤާނޫނުތައް ގެންނަންޖެހޭ އިސްލާޙްތައް ޑްރާފްޓްކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް އެކަމާގުޅޭ ކަރުދާސް އެކުލަވާލުން. 3. މިނިސްޓްރީގެ ޔުނިޓް/ސެކްޝަން އަދި މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން. - ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތައް ދިރާސާކޮށް އެ ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން އަދާކުރަންޖެހޭ ދައުރެއްއޮތްތޯ ބަލައި ދިރާސާކުރުން. - މިނިސްޓްރީން ތަންފީޛުކުރާ ޤާނޫނު، ގަވާއިދު އަދި އުޞޫލުތައް މުރާޖަޢާ ކުރުމާއި އެ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުމަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާތައްކުރުން. 4. ޤާނޫނީ ލަފާދިނުން: - މިނިސްޓްރީގެ ޔުނިޓް/ސެކްޝަން އަދި މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން. 5. ވާރކްޝޮޕްތަކާއި ސެޝަންތައް ފެސިލިޓޭޓްކޮށްދިނުން: - މިނިސްޓްރީގެ ސެކްޝަންތަކުން މާލެ އަދި އަތޮޅު ތެރޭގައި ހިންގާ ވަރކްޝޮޕްތަކުގައި ފެސިލިޓޭޓަރެއްގެ ގޮތުން ބައިވެރިވުން. 6. ސާކް އިންޓީރިއަރ މިނިސްޓަރުން އަދި ސެކްރެޓަރީންގެ ބައްދަލުވުމާގުޅޭ: - ސާކް އިންޓީރިއަރ/ހޯމް މިނިސްޓަރުން އަދި ސެކްރެޓަރީންގެ ބައްދަލުވުންތަކާ ގުޅޭ މަސައްކަތްތައް ސެކްޝަން ވެރިޔާގެ އިރުޝާދުގެ މަތިން ބެލެހެއްޓުން. 7. އިތުރު މަސްޢޫލިއްޔަތުތައް: - ސެކްޝަނުގެ ކުރިއަށް އޮތް އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް ސެކްޝަން ވެރިޔާގެ ލަފަޔާއެކު ތައްޔާރުކުރުވުން. - ސެކްޝަނުގެ ކުރިއަށް އޮތް އަހަރުގެ ލަފާކުރާ ބަޖެޓް އަދި ބަޖެޓް ތަފްޞީލް ސެކްޝަން ވެރިޔާގެ ލަފަޔާއެކު ތައްޔާރުކުރުވުން. - ސެކްޝަނުގެ އެކްޝަން ޕްލޭން އަދި އެކްޝަން ޕްލޭން ޕްރޮގްރެސް ސެކްޝަން ވެރިޔާގެ ލަފަޔާއެކު ތައްޔާރުކުރުވުން.މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ދުވަސްތައް ފާހަގަ ކުރުމުގެ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތް ކުރުން. - މިނިސްޓްރީގެ އެކި ސެކްޝަންތަކުން އަތޮޅު ތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ދަތުރުތަކުގައި ބައިވެރިވުން. - ރާއްޖެއިން ބޭރުގައި ބާއްވާ މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ސެޝަންތަކާއި ކޮންފަރެންސްތަކުގައި ލީގަލް ސެކްޝަނުގެ ފަރާތުން ބައިވެރިވާންޖެހޭ ހާލަތްތަކުގައި މިނިސްޓްރީ ތަމްސީލްކުރާ ޑެލިގޭޝަންގައި ބައިވެރިވުން. - މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، ހުރިހާ މުވައްޒަފުން ޝާމިލުވާންޖެހޭ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
|
މަޤާމުގެ ޝަރުޠުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ އިންސައްތަ، %60 (ފަސްދޮޅަސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްhr@homeaffairs.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 18 އޮގަސްޓް 2019 އާއި 29 އޮގަސްޓް 2019 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ. |
13 ޛުލްޤަޢިދާ 1440