ދިވެހިރާއްޖެ
ދަރުމަވަންތަ ބިލްޑިންގ ގެ ގްރައުންޑް އަދި މެޒަރިން ފްލޯގައި ކެފެޓީރިއާއެއް ހިންގާނެފަރާތެއް ހޯދުމަށް 18 މެއި 2019 ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2019/13 އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލުން
މިބީލަމުގައި ބައިވެރިވުމަށް ކުރިން ޝައުގުވެރިވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބީލަން ފޮތްދޫކުރުމާއި އަދި މިބީލަމުގައި އަލަށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، ބީލަމާއި ގުޅޭ މައުލޫމާތު ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ މިހޮސްޕިޓަލުގެ ފައިނޭންސް ޑިޕާރޓްމަންޓުންނެވެ. ބީލަންފޮތް ދޫކުރަން ހަމަޖެހިފައިވަނީ 01 އޯގަސްޓް 2019 އިން ފެށިގެން 29 އޯގަސްޓް 2019 ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން 13:00 އަށެވެ. ބީލަން ފޮތުގެ އަގަކީ 1000/-ރުފިޔާއެވެ.
ބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 01 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހު 11:00 ގައެވެ. ބީލަމާއިގުޅޭ މައުލޫމާތު ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނޯންނާއެވެ.
ޕްރިކޮލިފިކޭޝަން ބިޑްސަބްމިޝަން އޮންނާނީ 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގައެވެ. އަދި ބިޑްސެކިއުރިޓީގެ ގޮތުގައި 15,000/-ރ (ފަނަރަހާސް ރުފިޔާ)، ޕްރިކޮލިފިކޭޝަން ޕްރޮޕޯސަލްއާއެކު ހުށަހަޅަންވާނެއެވެ.
26 ޛުލްޤައިދާ 1440
29 ޖުލައި 2019