ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2019/169
އިޢުލާން
ބ.ފުޅަދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:
މިކުންފުނީގެ ބ.ފުޅަދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ FNK-I/IUL/2019/146 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު އެއްވެސް ފަރާތަކުން ހުށަހަޅައިފައިނުވާތީ، އެ އިޢުލާންބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ. މިކަމާގުޅޭ މަޢުލޫމާތު މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ބ.ފުޅަދޫ ބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މި ޢިޢުލާންއާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށެވެ.ނުވަތަ ބ.ފުޅަދޫ ބޮރާންޗަށެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
18 ޛުލްޙައްޖް 1440
19 އޮގަސްޓް 2019