ދިވެހިރާއްޖެ
އިންޓަރންޝިޕް ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލުން:
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި އިންޓަރންޝިޕް ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޖީ.ސީއީ އޭލެވަލްކުދިންނަށް އެފުރުސަތު އޮތްކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ. މި ކުދިން މަސައްކަތްކުރުމަށް ފުރުސަތު ދެވޭނީ މިނިސްޓްރީގައި އިދާރީ ގޮތުންކުރަންޖެހޭ މަސައްކަތްތަކުގައެވެ. އަދި މަސައްކަތް ނިމުމުން ބައިވެރިންނަށް ސެޓްފިކެޓް އޮފް އެޕްރިސިއޭޝަން ގެ ގޮތުގައި ސެޓްފިކެޓެއް ދެވޭނެއެވެ.
އިންޓަރންޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަށެވެ. އަދި ލިޔުންތައް އީމެއިލް admin@mohe.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
3- މަސައްކަތު ގަޑި: ދުވާލަކު 4 ގަޑި އިރު.
4- އިންޓަރންޝިޕް ގެ މުއްދަތު: 3 މަސް ދުވަސް.
އެދެންވީގޮތާއި ސުންގަޑީ
ޝަޢުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅުއްވުމަށް ދެންނެވީމެވެ. އަދި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އިތުރުމަޢުލޫމާތު:
މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3341328،3341307 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ admin@mohe.gov.mv އަށެވެ.
25 ޛުލްޙިއްޖާ 1440
29 އޮގަސްޓް 2019