ދިވެހިރާއްޖެ
އާޔުނިފޯމްގެ ފޮތި ރާއްޖެ އެތެރެކޮށް ވިއްކުމަށް ހުޅުވާލުން
މިސްކޫލްގެ ނަންބަރު: KS-B/2019/14 އިއުލާން އާއި ގުޅިގެން އެކަށީގެންވާ ވަރަށް އެސްޓިމޭޓް ހުށައަޅާފައި ނުވާތީ އެއިއުލާން ބާތިލްކޮށްފީމެވެ. ވީމާ އަލުން އާޔުނިފޯމްގެ ފޮތި ރާއްޖެ އެތެރެކޮށް އާންމުކޮށް ވިއްކުމަށް ހުރިހާފަރާތްތަކަށްވަނީ ހުޅުވާލެވިފައެވެ.
ވީމާ މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2019 ވަނަދުވަހުގެ 8:30 އިން 12 ސެޕްޓެމްބަރ 2019 ވަނަދުވަހުގެ 14:00 އަށް ސްކޫލުގައި ރެޖިސްޓްރީ ކުރުމަށްފަހު މައުލޫމާތާއި ފޮތީގެ ސާންޕަލް ގެންދެވުން އެދެމެވެ. އަދި 19 ސެޕްޓެމްބަރ 2019 ވަނަދުވަހުގެ 11:00 އަށް ފޮތީގެ ސާންޕަލް އަދި އެސްޓިމޭޓް ހުށައެޅުއްވުމަށް ދެންނެވީމެވެ. މިމުއްދަތުގައި ރެޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް މިބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.
09 މުހައްރަމް 1441ހ
08 ސެޕްޓެމްބަރ 2019މ