ދިވެހިރާއްޖެ
އިޢުލާން
'މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރަންސް، ގއ. އަތޮޅު' – އާއި ގުޅޭ
މި މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގއ. އަތޮޅުގެ ރަށްރަށުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން 'މަދަނީ ޖަމްޢިއްޔާ ތަކުގެ ކޮންފަރަންސް' އެއް ރޭވުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
އެގޮތުން ގއ. އަތޮޅުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްޓަކައި ގއ. އަތޮޅުގެ ރަށު ކައުންސިލްތައް މެދުވެރިކޮށް މިނިސްޓްރީން ވަނީ އެމަސައްކަތް ފަށާފައެވެ.
އެހެންކަމުން، ގއ. އަތޮޅުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކާބެހޭ މަޢުލޫމާތު، އެޖަމްޢިއްޔާ އެއްގެ ރަޖިސްޓްރީ ކޮށްފައިވާ އިދާރާ ހުންނަ ރަށުގެ ރަށު ކައުންސިލަށް 15 ސެޕްޓެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ.
އަދި އެއަރޕޯޓް، ރިޒޯޓު ނުވަތަ ސިނާޢީ މަސައްކަތް ކުރާ ރަށެއްގައި ޖަމްޢިއްޔާގެ އިދާރާ ރަޖިސްޓްރީ ކޮށްފައިވާނަމަ، ގއ. އަތޮޅުގެ އަތޮޅު ކައުންސިލަށް މަޢުލޫމާތު ފޯރުކޮށްދެއްވުން އެދެމެވެ.
މި ކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، 3347387 އަށް ގުޅުއްވުން އެދެމެވެ.
10 މުޙައްރަމް 1441