ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2019/193
އިޢުލާން
ރ.ފައިނު ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:
މިކުންފުނީގެ ރ.ފައިނު ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ރ.ފައިނު ބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މި ޢިޢުލާނާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށެވެ. ނުވަތަ ރ.ފައިނު ބްރާންޗަށެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
16 މުހައްރަމް 1440
15ސެޕްޓެމްބަރ 2019