ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
ހޯރަފުށި،
ދިވެހިރާއްޖެ.
ނަންބަރު: 05/2019/2C-C6A
އިޢުލާން
ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމާއި، ވެއިޓިންގ އޭރިޔާއަށް ޖާގައިތުރުކޮށް، ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް:
މިކޯޓުގެ ކޯޓުރޫމާއި، ވެއިޓިންގ އޭރިޔާއަށް ޖާގައިތުރުކޮށް، ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރުA6C-C2/2019/03 (21 އޮގަސްޓް 2019)އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާނު ބާޠިލްކޮށް، އެމަސައްކަތަށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ 13:30 އަށް މިކޯޓަށް ނުވަތަ ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓަށްނުވަތަ ހއ.އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 26 ސެޕްޓެމްބަރު 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:30
އަންދާސީ ހިސާބު މިމަސައްކަތުގެ މަޢުލޫމާތު ހޯދުމަށް ވަޑައިގެންނެވި ކޯޓަށް ހުށަހެޅޭނެއެވެ.
16 މުޙައްރަމް 1441
15 ސެޕްޓެމްބަރ 2019