ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: (IUL)303-AS/2019/64
އިޢުލާން
ރ. އުނގޫފާރު އިން 3 ކޮޓަރީގެ އެޕާޓްމަންޓް އެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން
"ކޮންސްޓްރަކްޝަން އޮފް މޭޖަރ ރޯޑްސް އެޓް ރ. އުނގޫފާރު" މިޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް ވަޑައިގަތްނަވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެޓިންގ ކޮންޕެނީ ޕލކ ބޭފުޅުން ތިއްބެވުމަށް 3 ކޮޓަރީގެ ގެއެއް (3 ކޮޓަރި ފާހާނާއާއެކު، ސިޓިންގ ރޫމާއި ބަދިގެ އަދި ކާތަން ހިމެނޭގޮތަށް) ދެންނެވިފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ނިމެންދެން ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ތަން |
ގަޑި |
ތާރީހް |
ތަފްސީލް |
ރ. އުނގޫފާރު ކައުންސިލް އިދާރާ
|
11:00 |
23 ސެޕްޓެމްބަރ 2019 |
މައުލޫމާތު ސާފުކުރުން |
ރ. އުނގޫފާރު ކައުންސިލް އިދާރާ
|
11:00 |
26 ސެޕްޓެމްބަރ 2019 |
އަގު ހުށައެޅުން |
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏަކުންނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ. މި ކަމަށް އެދި އަގު ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އުނގޫފާރު އިން 3 ކޮޓަރީގެ އެޕާޓްމަންޓް އެއް ކުއްޔަށް ދޫކުރާމާއިގުޅޭ " މިހެންލިޔެފައި އޮންނަންވާނެއެވެ.
19 ސެޕްޓެމްބަރ 2019