ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް 96 ކޯރ ސިންގަލް މޯޑް ފައިބަރ ކޭބަލް ގަންނަން 18 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ކުރި އިޢުލާން ނަންބަރު 164/1/2019/87 (IUL)ގެ މަޢުލޫމާތު ސާފުކުރުން 26 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:30 ބޭއްވުމާއި ގުޅިގެން ގިނަ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމަށް ވަނީ އެދި ލައްވާފައެވެ.
ވީމާ، ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް، 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 10:30 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް:
ޕްރޮކިއުމަންޓް ސެކްޝަން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ
ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3344000
އީ-މެއިލް: procurement@ncit.gov.mv
27 މުޙައްރަމް 1441
26 ސެޕްޓެމްބަރ 2019