ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގައި ހުންނަ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިންކިއުބޭޓަރ އިމާރާތް މަރާމާތު ކުރުމަށް ކުރެވުނު އިއުލާން ނަންބަރ 164/1/2019/78(IUL)ށް ލިބިފައިވާ ބީލަންތަށް އަގު ބޮޑު ކަމަށް ފެންނާތީ އެ އިއުލާން ބާޠިލްކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޏ.ފުވައްމުލަކުގެ އެން.ސީ.އައި.ޓީ އިންކިއުބޭޓަރ ޢިމާރާތަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު، 12 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހުގެ 10:00 އަށް ޏ.ފުވައްމުލަކު އެން.ސީ.އައި.ޓީ އިންކިއުބޭޓަރ އިމާރާތަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް:
ޕްރޮކިއުމަންޓް ސެކްޝަން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ
ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3344000
އީ-މެއިލް: procurement@ncit.gov.mv
30 މުހައްރަމް 1441
29 ސެޕްޓެމްބަރ 2019