ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/219
އިޢުލާން
ލ. އިސްދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:
މިކުންފުނީގެ ލ. އިސްދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ހުށހަޅާފައިވާ އަގަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްކަމަށް ވާތީ މި ފުރުސަތު އަލުން ހުޅުވާލަމެވެ.
މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިން ރަސްމީ ދުވަސްތަކުގެ ހެދުނު 09:00 ން މެންދުރުފަހު 14:30ހަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މި ޢިޢުލާންއާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނީ09 އޮކްޓޫބަރ 2019 ވާ ބުދަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
02 ޞަފަރް 1441
01 އޮކްޓޫބަރ 2019