ދިވެހިރާއްޖެ
ނަންބަރ : IUL)MMPRC-PRO/1/2019/72)
އިޢުލާން
މި ކޯޕަރޭޝަންގެ ލިޔެކިޔުންތަކާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބޭނުންކުރާ ތަކެތި ރައްކާތެރިކޮށް ބަހައްޓާނެ ގުދަނެއް 03 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)MMPRC-PRO/1/2019/68) އިޢުލާނާއި ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލް އެންމެ އެކަށީގެން ނުވަތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވަ މުއްދަތަށް ގުދަނެއް ކުއްޔަށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2019 އޮކްޓޯބަރ 10ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 03:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި 2019 އޮކްޓޫބަރ 15ވާ އަންގާރަދުވަހުގެ ހެނދުނު 10:00އަށް ހ. ޒޮނޭރިޔާ، ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދަސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބިޑް ރަޖިސްޓްރީ ކުރެއްވުމަށް، ބިޑް ރަޖިސްޓްރާ ކުރާ ފަރާތް ނުވަތަ ކުންފުނީގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާފައި، ތިރީގައިމިވާ އީމެއިލްއަށް މެއިލްކުރެއްވުން އެދެމެވެ. އީމެއިލްގެ "ސަބްޖެކްޓް"ގައި "Bid Registration for Renting Godown Space" މިހެން ޖައްސަވާފަ އޮންނަންވާނެއެވެ. މަޢުލޫމާތު ޝީޓު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
ނަން: ފާތިމަތު ރަހީލް
އީމެއިލް އެޑްރެސް: raalu@visitmaldives.com
މަޤާމް: ޑިރެކްޓަރ
ކޮޕީކުރައްވާނީ : procurement@visitmaldives.com
07 ޞަފަރ 1441ހ.
06 އޮކްޓޯބަރ 2019މ.