ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ރ.އުނގޫފާރު، ދިވެހިރާއްޖެ
ނަމްބަރ:(IUL)URH/2019/17
އިޢުލާން
މި ހޮސްޕިޓަލްގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް.
މިހޮސްޕިޓަލްގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 7 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީގެ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަނަށްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހު ހެނދުނު 9:00 ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލް އަދި މިނިސްޓްރީި އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި މި ހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހު ހެނދުނު 9:00 ގެ ކުރިން procurement.urh@gmail.com ނުވަތަ procurement@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
7 ސަފަރު 1441
6 އޮކްޓޯބަރ 2019