ދިވެހިރާއްޖެ
އިޢުލާން
މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ގުޅޭ
މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ވ. އަތޮޅުގެ ރަށްރަށުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން 'މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް' ރޭވުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
އެގޮތުން ވ. އަތޮޅުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްޓަކައި ވ. އަތޮޅުގެ ރަށު ކައުންސިލްތައް މެދުވެރިކޮށް މި މިނިސްޓްރީ އިން ވަނީ އެމަސައްކަތް ފަށާފައެވެ.
އެހެންކަމުން، ވ. އަތޮޅުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކާބެހޭ މަޢުލޫމާތު، އެޖަމްޢިއްޔާއެއްގެ ރަޖިސްޓަރީ ކޮށްފައިވާ އިދާރާ ހުންނަ ރަށުގެ ރަށު ކައުންސިލަށް 14 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ.
އަދި ރެޒޯޓު ނުވަތަ ސިނާޢީ މަސައްކަތް ކުރާ ރަށެއްގައި ޖަމްޢިއްޔާގެ އިދާރާ ރަޖިސްޓަރީ ކޮށްފައިވާނަމަ، ވ. އަތޮޅުގެ އަތޮޅު ކައުންސިލަށް އެ މަޢުލޫމާތު ފޯރުކޮށްދެއްވުން އެދެމެވެ.
މި ކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، މި މިނިސްޓްރީގެ 3347387 ފޯނަށް ގުޅުއްވުން އެދެމެވެ.
8 ޞަފަރު 1441