މަސައްކަތް
ނަންބަރު: GS-65-A/2019/39
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 17 އޮކްޓޫބަރު 2019 11:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް 1 (އެކެއް) އަހަރު ދުވަހަށް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

 

އެކްޓިވިޓީ ޔުނިފޯމް 1 (އެކެއް) އަހަރު ދުވަހަށް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

             މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް،  ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް  01(އެއް) އަހަރު ދުވަހަށް އަމިއްލަ ޚަރަދުގައި ފަހައި ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ،

މި ސްކޫލުން ކުރި ނަމްބަރ GS-65-A/2019/38  ( 29 ސެޕްޓެމްބަރ 2019 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް  2 ބޭފުޅުން  ޙާޟިރުވެފައިވާތީ،

ދެންނެވިފައިވާ ނަމްބަރ އިޢުލާން ބާޠިލްކޮށް މިމަސައްކަތަށް ޝަތުރުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ވިލުފުށީ ސްކޫލް އޮފީސް

17 އޮކްޓޯބަރ 2019

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

ވިލުފުށީ ސްކޫލް އޮފީސް

27 އޮކްޓޯބަރ 2019

އާދިއްތަ

11:00

            މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. 

އަދި މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

08 އޮކްޓޯބަރު 2019

08 އޮކްޓޫބަރު 2019