ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2019/68)
އިޢުލާން
މިރަށުގައި ރަޖިސްޓްރީކޮށްގެން ދުއްވާ ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދު ފަހަރުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ
މިރަށުގައި ރަޖިސްޓްރީކޮށް ދުއްވާ ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ މިރަށުގައި ދުއްވާ އެއްގަމު އުޅަނދު ފަހަރާއި ކަނޑު އުޅަނދު ތަކުގެ ރަޖިސްޓްރީގެ ކޮޕީ 31 އޮކްޓޫބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިމުއްދަތު ހަމަވާއިރު ކަނޑު އުޅަނދު ފަހަރާއި އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީގެ ކޮޕީ މިއިދާރާއަށް ހުށަހަޅާފައި ނުވާ ފަރާތްތަކަކީ ޤަވާއިދާ ޙިލާފްވެފައިވާ ފަރާތްތަކެއްކަމަށް ބަލާ ޕޮލިހުންނާއި ގުޅިގެން އެފަދަފަރާތްތަކުގެ މައްސަލަ މިއިދާރާއިން ބަލަމުން ދާނެކަމުގައި ދަންނަވަމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ސަފަރު 1441
15 އޮކްޓޫބަރ 2019