ދިވެހިރާއްޖެ
ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ދިގު މުއްދަތަށް ބިން ދޫކުރުމަށް ހަމަޖައްސައިފީމެވެ. ވީމާ މި ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ބިން ބޭނުންވާ މިކަމަށް ޝަރުތުހަމަވާ އެންމެހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1 – ތެލާއި ގޭހަށް ޚާއްޞަކުރެވިގެން ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުން މި ފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 2 ބިމެވެ.
2 – ބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 13 އޮކްޓޯބަރ 2019 އިން ފެށިގެން 24 އޮކްޓޯބަރ 2019 ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރު 12:00 އަށް މިއިދާރަށް ވަޑައިގެން ރަޖިސްޓަރީކުރެއްވުން އެދެމެވެ. ރަޖިސްޓަރީވުމަށް އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީތައް ގަބޫލްކުރެވޭނެވާހަކަ ދަންނަވަމެވެ. info@kulhudhuffushi.gov.mv އަދި 6528831 ފޯން މެދުވެރިކުރައްވާ ވެސް ރަޖިސްޓަރީވުމުގެ ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.
3 – ބީލަން ފޮތެއްގެ އަގަކީ -/500ރ އެވެ. ފޮތް ވިއްކަން ހަމަޖެހިފައިވަނީ 30 އޮކްޓޯބަރ 2019 ދުވަހުން ފެށިގެން 14 ނޮވެމްބަރ 2019 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރު 12:00 އަށް މި އިދާރާއިންނެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް ސޮފްޓްކޮޕީ ނުވަތަ ހާޑްކޮޕީ ލިބިވަޑައިގަންނަވާނެއެވެ.
4 – ހުށަހަޅާ ކޮންމެ ބިޑަކަށް -/5000ރ ގެ ބިޑުސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅުއްވާނީ ޗެކް ނުވަތަ ނަގުދު ފައިސާއެވެ. ޗެކު ހުށަހަޅުއްވާނަމަ ހުށަހަޅުއްވަންވާނީ ބޭންކު ގެރެންޓީ ޖަހާފައިވާ ޗެކެކެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތެވެ.
5 – ބީލަން ހުޅުވުން އޮންނާނީ 21 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި،ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.
6 – އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6528831 އަދި 6527174 އިން ލިބިވަޑައިގަންނަވާނެއެވެ.