ދިވެހިރާއްޖެ
މިރަށުގެ ސިނާޢީ ސަރަޙައްދުން(ރަށުގެ ހުޅަނގުކޮޅުން)އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 1600އަކަފޫޓް ގެ ބިމެއް ތެލުގެ ވިޔަފާރީގެމަސައްކަތްތަކަށް ކުއްޔަށް ދިނުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން "ބިޑް ހުށަހަޅާ ފޯރމް" މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ފޯރމެއްގެ އަގަކީ -/500 (ފައްސަތޭކަ ރުފިޔާ)އެވެ.
ބިޑް ފޯރމް ގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ބިޑް ފޯރމް ވިއްކުން
|
24 އޮކްޓޫބަރ 2019 އިން 07 ނޮވެމްބަރ 2019 އަށް |
ހެނދުނު9.00އިން މެންދުރު13:00އަށް |
ކެންދޫކައުންސިލްގެ އިދާރާ |
މަޢުލޫމާތު ދިނުން |
12 ނޮވެމްބަރ 2019 |
މެންދުރު 13:00 |
ކެންދޫ ކައުންސިލްގެ އިދާރާ |
ބީލަން ހުށަހެޅުން (ބިޑް ފޯރމް ހުށަހެޅުން ) |
20 ނޮވެމްބަރ 2019 |
މެންދުރު 13:00 |
ކެންދޫ ކައުންސިލްގެ އިދާރާ |
ކަނޑައެޅިފައިވާ ގަޑީގެފަހުން ބިޑް ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6600004 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.