ދިވެހިރާއްޖެ
MALDIVES REAL ESTATE INVESTMENT CORPORATION PVT LTD
ނަންބަރު: MREIC/IU/2019/0020
ގދ. ތިނަދޫ ފުޓްބޯލް ގްރައުންޑް ސަބް-ގްރޭޑް ވޯރކްސް
ގދ. ތިނަދޫ ފުޓުބޯޅަ ދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން:
މި ކުންފުނީގެ ފަރާތުން ގދ. ތިނަދޫގައި ހަދާ ފުޓުބޯޅަ ދަނޑުގައި މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ކާނު ހެދުމާއި ކާނު އެޅުން
- ގާއެޅުމާއި ގާއެތުރުން
- މި މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނު (ރޯމެޓީރިއަލްސް) މިކުންފުނިން ފޯރުކޮށްދޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރު 2019 ވާ ހޯމަ ދުވަހު 10:00 އަށް، ގދ. ތިނަދޫ ކައުންސިލް އިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށައެޅުން އޮންނާނީ 06 ނޮވެމްބަރު 2019 ވާ ބުދަ ދުވަހު 10:00ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށް ދެ މަސައްކަތަށް ވަކިވަކިންނެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
27 އޮކްޓޯބަރު 2019
A subsidiary of MTCC
Maldives Real Estate Investment Corporation Pvt Ltd | 01st Floor, MTCC Sawmill | Boduthakurufaanu Magu | Maldives
Phone: 7736424 | Fax: 3001422 | E-mail: info@mreic.com.mv