ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުން
* މިއީ މި ސްކޫލުގެ GS206/IUL/2019/029 ނަންބަރ ޢިއުލާނަށް 3 ފަތާރަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އެ ޢިއުލާނު ބާޠިލުކޮށް އަލުން ކުރެވުނު ޢިއުލާނެކެވެ.
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ތަފުސީލު |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
ވާދޫ ޖަމާލުއްދީން ސްކޫލް |
04 ނޮވެމްބަރ 2019 |
ހޯމަ |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
ވާދޫ ޖަމާލުއްދީން ސްކޫލް |
11 ނޮވެމްބަރ 2019 |
ހޯމަ |
13:00 |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.