ދިވެހިރާއްޖެ
ނަންބަރ: MTCC-PD/IU/2019/0188
މަގުހެދުމުގެ މަސައްކަތައް ބޭނުންވާ މެޝިނަރީސް ކުއްޔަށްހިފުމާއިބެހޭ:
އެމް.ޓީ.ސީސީއިން ކުރަމުންދާ މަގުހެދުމުގެ މަސައްކަތައް ބޭނުންވާ މެޝިނަރީސްތައް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MTCC-PD/IU/2019/0181 ( 27 އޮކްޓޯބަރ 2019 ) އިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 12 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
05 ރަބީއުލް އައްވަލު 1441
02 ނޮވެމްބަރ 2019