ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
ނަންބަރު:IUMH-AD/I/2019/21
މިކޯޕަރޭޝަންގެ ފަރާތުން 03 އޮކްޓޫބަރ 2019 ގައި ކޮށްފައިވާ ނަންބަރުIUMH-AD/I/2019/20 އިޢުލާން ބާޠިލްކޮށް އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތެކެވެ.
މެނޭޖިންގ ޑިރެކްޓަރ
މަޤާމު: |
މެނޭޖިންގ ޑިރެކްޓަރ |
ބޭނުންވާ ޢަދަދު: 1 |
އަސާސީ މުސާރަ: |
މަހަކު -/12500 ރުފިޔާ |
|
އެލަވަންސް: |
- ސާރވިސް އެލަވަންސް: މަހަކު -/15000 ރުފިޔާ - ފޯން އެލަވަންސް: މަހަކު -/1000 ރުފިޔާ |
|
މަޤާމުގެ ޝަރުޠުތައް: |
- އުމުރުން 18 އަހަރުވެފައިވުން - މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުމާއެކު، މަދުވެގެން ހިންގުމުގެ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު: |
- ކުންފުނީގެ މަސައްކަތްތައް ރާވާއި ހިންގުމާއި ކުންފުނި ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި ޖަވާބުދާރީވުން - ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާ އަދި އެ ޕްލޭން ތަންފީޒު ކުރުމަށް މަސައްކަތް ކުރުން މަސައްކަތުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫއުތައް، އަދި ބޭނުންވާ ހިނދު ހިނދަށް ސްޓްރެޓިޖިކް ޕްލޭނާއި، ބިޒްނަސް ޕްލޭން އަދި އެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވާލައި ބޯޑަށް ހުށަހަޅުއްވައިގެން ފާސްކުރައްވާ، ތަންފީޒްކޮށް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން - ކުންފުނިން ހިންގާ ޕްރޮޖެކްޓްތައް ބޯޑުގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދިޔުން - ކުންފުނީގެ އެކިއެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް ޚަރަދު ކުޑަ ގޮތްތައް ހޯދައި ތައާރަފްކޮށް އެކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަމުން ގެންދިއުން އަދި އެކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ، މަގުފަހިކުރުމާއި، ގައިޑްލައިންތަކާއި، ޕްރޮސީޖަރުތަކާއި، އުސޫލްތައް އެކުލަވައި ހާމަކޮށް، ކަން ހިނގާގޮތް މޮނިޓަރކޮށް، ފަސޭހައިން ކަންކަން ކުރެވޭނެ ގޮތްތައް ހޯދައި ކުންފުނި ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދިއުން - ކުންފުނީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ކުންފުނީގެ މުވައްޒަފުން އަމަލުކުރާނެ ގޮތްތައް ރާވައި އެކަށައެޅުމާއި އެސިޔާސަތުތައް ތަންފީޒްކުރުމަށް ގައިޑްލައިންތައް ހަދައި ހިންގުން - ކުންފުނީގެ މުދަލާއި ފައިސާ އަދި އެ ނޫން ވަސީލަތްތައް ބޭނުންކުރެވެނީ ކުންފުނީގެ އަސާސީ ގަވައިދާ ހިންގާ ގަވައިދާ އަދި ދުނިޔޭގެ އެހެން ކުންފުނިތަކުގެ ބެސްޓް ޕްރެކްޓިސްއާއި އެގޮތަށްކަން ކަށަވަރުކުރުމާއި އަދި ހެޔޮ ގޮތުގައި ދުވަހުން ދުވަހަށް ބެލެހެއްޓުން - ކުންފުނީގެ ޗެއާޕާސަންގެ އިރުޝާދާއި އެއްގޮތަށް ކުންފުންޏަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައި ތަރަށްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން - ކުންފުނީގެ މަސައްކަތްކުރާ މުވައްޒަފުން ކަންކަމުގައި އިސްނެގުމުގެ ރޫހާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކުރެވޭނެ ހަރަކާތްތައް ހިންގުން |
|
ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް |
މިމަގާމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
އީމެއިލް މެދުވެރިކޮށް jobs@iumholdings.com.mv އީމެއިލްއަށް 18 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރަންވާނެއެވެ. |