ދިވެހިރާއްޖެ
އިޢުލާން
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ
މި އިންސްޓިޓިއުޓާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން "ބޭސިކް ފްޓްބޯލް ކޯޗިންގ (ޑީ ލައިސެންސް)" ކޯހެއް މާލޭގައި ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ކޯހުގެ ނަން:ބޭސިކް ފުޓްބޯލް ކޯޗިންގ ކޯސް (ޑީ ލައިސެންސް) |
މުއްދަތު:4 ދުވަސް |
ކޯސް ފެށޭ ތާރީޚް: 17 ނޮވެމްބަރ 2019 |
ކޯހުގެ ފީ: ހިލޭ |
ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) / މާލެ |
ޖާގަ: 30 |
ކޯހުގެ ޝަރުތު ހ. އުމުރުން 18 އަހަރު ވެފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 6)، ފުރިހަމަކޮށްފައިވުން އަދި ބޭސިކް އިނގިރޭސި ބަހުން މުއާމަލާތުކުރަން އެނގުން |
ފޯމް ލިބެން ހުންނާނެތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) / www.youth.gov.mv ވެބްސައިޓުން |
ފޯމް ހުށަހަޅާނެތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) (ފުރަތަމަ ފަންގިފިލާ) ނުވަތަ info.mnis@gmail.com އަށެވެ. |
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ. |
ނޯޓް: ކޯހަށް ބައިވެރިން ހޮވުމުގައި ގުޅުންހުރި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަށް ގުޅުއްވުން އެދެމެވެ. |
10 ރަބީޢުލްއައްވަލް 1441