ދިވެހިރާއްޖެ
އިއުލާން
2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްކުރުން
2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ތިރީގައިވާ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
- މޫނު ދޮންނަ ތަށި ހަރުކުރުން
- ފެންހަންތައް ބަހައްޓާފައިވާ ޕްލެޓްފޯމް ތަޅާ އުކާލުން
- އެފް ބްލޮކްގެ ކުލާސްރޫމްތަކުގެ ބޮޑުދޮރުތައް މަރާމާތުކޮށް ތަޅުހަރުކުރުން
- ޕްރީސްކޫލް ޕްލޭ އޭރިއާ ދޮންވެލިލުމާއި، އަވިދާ ޖެހުން، އަދި އެހެނިހެން މަރާމާތުތައްކުރުން
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ނޮވެމްބަރ 2019 ވާ އާދީއްތަ 12:00 ގެ ކުރިން މި ސްކޫލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިހަވަންދޫ ސްކޫލް
އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.
ފޯން: 6500096
އީ-މެއިލް: admin@ihavandhooschool.edu.mv
21 ރަބީޢުލްއައްވަލް 1441