ކުއްޔަށް ހިފުން
ނަންބަރު: 171-I2(b)/ IUL/2019/194
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:56
ސުންގަޑި:
27 ނޮވެންބަރު 2019 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސަރވިސްގެ ނ.ލަންދޫ ޕޮލިސް ސްޓޭޝަން ހިންގުމަށްޓަކައި ވަށާފާރު 06 ފޫޓަށް އުސްކުރެވިފައިވާ އަދި ވެހިކަލް ވެއްދޭ ގޮތަށް ގޭޓްލާފައިވާ 04 ކޮޓަރީގެ ޢިމާރާތެއް ކުއްޔަށް ހިފުމަށް
ޕްރޮޖެކްޓް ނަމްބަރ: PC-171/2019/W-L209
- މި ސަރވިސްގެ ނ.ލަންދޫ ޕޮލިސް ސްޓޭޝަން ހިންގުމަށްޓަކައި ވަށާފާރު 06 ފޫޓަށް އުސްކުރެވިފައިވާ އަދި ވެހިކަލް ވެއްދޭ ގޮތަށް ގޭޓްލާފައިވާ 04 ކޮޓަރީގެ ޢިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: ass_C1948@police.gov.mv އަށް މެއިލްކޮށް އަދި : procurement@police.gov.mv އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 22 ނޮވެމްބަރ 2019 ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިބީލަމާއި ގުޅޭގޮތުން ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 27 ނޮވެމްބަރ 2019 ދުވަހުގެ 14:00 ގައި މި ސަރވިސްގެ ނ.ލަންދޫ ޕޮލިސް ސްޓޭޝަން ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު ކަރުދާސްތައް ބިޑް ރެޖިސްޓްރޭޝަން ސްލިޕާއި އެކު މެެއިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 24 ނޮވެމްބަރ 2019 ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރައްވާށެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް
މޯލްޑިވްސް ޕޮލިސް ސަރވިސް
އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
ފޯން: 9790052 960 +
އީ-މެއިލް: ass_C1948 @police.gov.mv
19 ނޮވެންބަރު 2019