ދިވެހިރާއްޖެ
އިންޑިއާގެ އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު) އިން ހިންގާ އަންޑަރގްރެޖުއެޓް އަދި ޕޯސްޓްގްރެޖުއެޓް ލެވެލްގެ ޕްރޮގްރާމްތަކުގައި އަމިއްލަގޮތުން ބައިވެރިވުމަށް ކުރިމަތިލެވޭނެ ކަމަށް އެފަރާތުން އަންގަވާފައިވެއެވެ.
ކޯސްތަކާއިބެހޭ މަޢުލޫމާތު މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑް ކުރެވިފައި ވާނެއެވެ. އަދި އިތުރު މައުލޫމާތު އައި.ސީ.ސީ.އާރުގެ ވެބްސައިޓް http://www.a2ascholarships.iccr.gov.in/ އިން ވެސް ލިބެން ހުންނާނެއެވެ. މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ICCR އަށެވެ.
* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
|