ދިވެހިރާއްޖެ
ރ.ކިނޮޅަހު ސްކޫލް
ރ.ކިނޮޅަސް
3ކްލާސްރޫމް ހިމެނޭ ހޯލް އިމާރާތުގެ ސީލިންގ މަރާމާތުކުރުން
1 2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ ތެރެއިން މިސްކޫލްގެ 3ކްލާސްރޫމް ހިމެނޭ، ހޯލު އިމާރާތުގެ ސީލިންގ އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 27 ން 2019 ޑިސެމްބަރ 01 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 28 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ކިނޮޅަހު ސްކޫލް އޮފީސް |
02 ޑިސެމްބަރ 2019 |
ހޯމަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ކިނޮޅަހު ސްކޫލް އޮފީސް |
08 ޑިސެމްބަރ 2019 |
އާދިއްތަ |
13:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
4 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުމާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
5 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކިނޮޅަހުސްކޫލް
ފޯން: 6580360
އީ-މެއިލް: admin@kinolhahuschool.edu.mv
29 ރަބީޢުލް އައްވަލު 1441
26 ނޮވެމްބަރ 2019