ދިވެހިރާއްޖެ
އިޢުލާން
ހއ. ދިއްދޫގައި ބާއްވަން ހަމަޖައްސާފައިވާ 'މަދަނީ ޖަމްޢިއްޔާތަކުގެ ވަރކްޝޮޕް' އާއި ގުޅޭ
މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލާއި މި މިނިސްޓްރީ ގުޅިގެން މި އަހަރުގެ ޑިސެންބަރު މަހުގެ 05 ވާ ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން 07 ވާ ހޮނިހިރު ދުވަހުގެ ހަވީރުގެ ނިޔަލަށް، ހއ. ދިއްދޫގައި، މަދަނީ ޖަމްޢިއްޔާތަކަށް ވަރކްޝޮޕް އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާތަކުން ލިބިފައިވާ އީމެއިލް އެޑްރެހަށް ދަޢުވަތު ފޮނުވާފައިވާ ވީ ނަމަވެސް ގިނަ އީމެއިލް އެޑްރެސްތައް މިހާރު ބޭނުން ކުރަމުން ނުދާތީ ބައެއް ޖަމްޢިއްޔާތަކަށް ދަޢުވަތު ފޮނުވިފައި އަދި ނުވެއެވެ.
އެހެންކަމުން، ވަރކްޝޮޕްގައި ބައިވެރިވެލެއްވުމަށް އެދޭ، ހއ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓަރީވެގެން މިހާރުވެސް ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުން 01 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިންce.info@youth.gov.mv އަށް އެކަން އީމެއިލް އިން އެންގެވުން އެދެމެވެ.
ހއ. ދިއްދޫ ނޫން އެހެން ރަށްރަށުގެ އެޑްރެހުގައި ރަޖިސްޓަރީ ވެފައިވާ ޖަމްޢިއްޔާތަކުގެ ބައިވެރިންނަށް ރަޖިސްޓަރީ ކޮށްފައިވާ ރަށުން ފެށިގެން ދިއްދޫ އާއި ދެމެދު ދެކޮޅު ދަތުރު ހަމަޖައްސައިދެވޭނެއެވެ. އަދި ވަރކްޝޮޕް އޮންނަ ދުވަސްތަކުގައި ހުރުމާއި ކެއުމުގެ ޚަރަދު ބަލަހައްޓައިދެވޭނެއެވެ.
މި ކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، މި މިނިސްޓްރީގެ 3347387 އަށް ގުޅުއްވުން އެދެމެވެ.