ދިވެހިރާއްޖެ
އިޢުލާން
ލާމަސީލު ޒުވާނާ ކޭމްޕް
ލާމަސީލް ޒުވާނާ ކޭމްޕަކީ ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާނުންނަކީ ކިޔަމަންތެރި ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާހައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާޤު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިމިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން 12 ޖެނުއަރީ 2020 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ދ. ވާނީ ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ.
މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މުޅިރާއްޖެއަށް ހުޅުވާލައިގެން ކޭމްޕްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޒުވާނުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ 100 ބައިވެރިއަކަށް ފުރުޞަތު ދެވޭ ގޮތަށެވެ. މިއީ ދެޖިންސްގެ ޒުވާނުންނަށް ހުޅުވާލެވިގެން ކުރިއަށްގެންދެވޭ ކޭމްޕެކެވެ.
މި ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފޯމް https://forms.gle/6LLAwo3AZUyhpn1g9 ލިންކުންނާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މާފަންނު އިޖުތިމާޢީ މަރުކަޒު، ކައިންސިލްގެ އިދާރާތަކުންނާއި އަތޮޅު ތަކުގައި ޤާއިމް ކުރެވިފައިވާ އިޖުތިމާޢީ މަރުކަޒުތަކުން ލިބިވަޑައިގަންނަވާނެއެވެ. މި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޑިސެމްބަރ 2019 ގެ 14:00 އެވެ. މިފޯމާއެކު މެޑިކަލް ރިޕޯޓް އާއި، އައި.ޑީ.ކާޑު ގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒް ގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ.
- އިޢުލާނާއިއެކު ތިރީގައި މިދަންނަވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- އެޕްލިކޭޝަން ފޯމް
- މެޑިކަލް ރިޕޯޓްގެ ފޯމް
- ކިޓް ލިސްޓް ( ކޭމްޕްގެ ބައިވެރިންގެ ކިޓްލިސްޓް)
- ގައިޑް ލައިން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ 3313912 ނުވަތަ ހިލޭ ގުޅޭ ނަންބަރ 1456 އަށް ގުޅުއްވުން އެދެމެވެ.