ދިވެހިރާއްޖެ
އިޢުލާން
ޑިސެންބަރު 19 ވަނަ ދުވަހު މާލޭގައި ބާއްވާ 'ސޯޝަލް ވަރކަރޒް ފެއަރ' ގައި ބައިވެރިވުމަށް
މަދަނީ ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލުމާބެހޭ
މަދަނީ ޖަމްޢިއްޔާތަކުގެ ބާރުވެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތައް އާންމުންނަށް އަންގައިދިނުމަށް ފުރުސަތު ދިނުމަށްޓަކައި، މި ހިނގާ ޑިސެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހު މާލޭގައި، ޖެންޑަރ މިނިސްޓްރީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ 'ސޯޝަލް ވަރކަރޒް ފެއަރ' ގައި ބައިވެރިވުމަށް މަދަނީ ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލަމެވެ.
މި ފެއަރގެ މަޤްޞަދަކީ ސޯޝަލް ވަރކް (އިޖުތިމާޢީ މަސައްކަތް) ދާއިރާ ކުރިއަރުވާ، އެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، އަދި އެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އާންމުންނާ ހިއްސާ ކުރުމެވެ.
އެހެންކަމުން، މި ފެއަރގައި ބައިވެރިވުމަށް އެދޭ، ރަޖިސްޓަރީވެގެން މިހާރުވެސް ޙަރަކާތްތެރިވާ، މި ދާއިރާގެ މަސައްކަތްތަކަށް ޚާއްސަ މަދަނީ ޖަމްޢިއްޔާތަކުން 08 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިންce.info@youth.gov.mv އަށް އެކަން އީމެއިލް އިން އެންގެވުން އެދެމެވެ.
ފެއަރގައި ސްޓޯލްގެ ޖާގަ ލިބެން ހުރި ގޮތުން މި މިނިސްޓްރީ އިން ފުރުސަތު ދެވޭނީ ފެއަރގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް ނަން ފޮނުވާ ތަރުތީބުން، ޖާގަ ހުރި މިންވަރަކަށެވެ. ފެއަރގައި ހުންނަ މި މިނިސްޓްރީގެ ސްޓޯލްގައި، ބައިވެރިވާ ކޮންމެ ޖަމްޢިއްޔާއަކަށް، އެ ޖަމްޢިއްޔާއަކުން ކުރާ މަސައްކަތްތައް ދައްކާލުމަށްޓަކައި 2 ގޮނޑި އަދި މޭޒެއް ދެވޭނެއެވެ.
މި ކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، މި މިނިސްޓްރީގެ 3347387 އަށް ގުޅުއްވުން އެދެމެވެ.