ދިވެހިރާއްޖެ
އިއުލާން ނަންބަރު: M8C-A/2019/11 |
ވަޒީފާގެ ފުރުޞަތު |
|
ތާރީޚް: 02 ޑިސެމްބަރު 2019 |
||
ރޭންކް: އެސް.އެސް 1 |
ހައުސްކީޕަރ (ކޮންޓްރެކްޓް) |
މަޤާމް |
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1 |
1 (އެކެއް) |
އަދަދު |
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ މެޖިސްޓްރޭޓް ކޯޓް |
މަސައްކަތް ކުރަންޖެހޭ ތަން |
|
-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
އަސާސީ މުސާރަ |
|
- ޖުޑީޝަލް އެލަވަންސް: (އަސާސީ މުސާރައިގެ %20) - ސަރވިސް އެލަވަންސް: -/1000ރ (އެއްހާސް ރުފިޔާ) - ލިވިންގ އެލަވަންސް: -/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ |
މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް |
|
ލިޔަންކިޔަން ދަތުމާއެކު،މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުން. |
އަސާސީ ޝަރުތު |
|
1. ކޯޓުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހައި ފޮޅާ ސާފުކުރުން. 2. ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ އެންމެހާ ރަސްމީ ލިޔެކިއުމެއް ރައްދުކުރުން. 3. ކޯޓުގެ ބޭނުމަށް އެކިފަރާތްތަކުން ކޯޓަށް ގެންނަންޖެހޭ ތަކެއްޗާއި، ގެންދަން ޖެހޭތަކެތި، ގެނައުމާއި ގެންގޮސްދިނުން. 4. އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކޯޓުގައި ކުރަންޖެހޭ މަސައްކަތް ތަކާއި އަދި ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު |
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ސްކޫލް ލީވިންގސެޓްފިކެޓްގެ ފޮޓޯކޮޕީ ނުވަތަ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
ހުށަހަޅަންޖެހޭ ތަކެތި |
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2019 ޑިސެމްބަރު 9 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
ސުންގަޑި |
|
ކޯޓު އޮފިސަރގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
|
1. ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. 2. މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު އަދާކުރެވޭފަދަ، ނުވަތަ އެނޫންވެސް މަޤާމުގެ މަސައްކަތްތަކާ ގުޅުންހުރި މަސައްކަތްތައް ކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން. |
މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|
· ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެއެވެ. · އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ. · ވަޒީފާއަށް އެދޭފޯމް ދ.ހުޅުދެލީ މެޖިސްޓްރެޓް ކޯޓާއި ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް، www.judiciary.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ. · އީމެއިލް މެދުވެރިކޮށް ނުވަތަ ފެކްސް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއި ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ. · މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައި ވުމާއެކު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައިވާ މީހަކަށް ވެގެން ނުވާނެއެވެ. · އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިކޯޓުގެ ނަންބަރު 6760503 ނުވަތަ ދ.ހުޅުދެލީ މެޖިސްޓްރެޓް ކޯޓުގެ ނަންބަރު 6760512 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު |