މަޤާމް:
|
ޗައިލްޑް ކެއަރ އެޓެންޑެންޓް
|
މަޤާމުގެ ނަންބަރު:
|
J-319853, J-319854, J-319855, J-319856
|
ބޭނުންވާ އަދަދު:
|
04 (ހަތަރެއް)
|
މަޤާމުގެ ގިންތި:
|
ވަގުތީ (މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭ ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް)
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޖުވެނައިލް ޖަސްޓިސް ޔުނިޓު/ ހއ. ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ/ ހއ. ދިއްދޫ
|
މުސާރަ:
|
މަހަކު 3,100.00ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު 1,000.00ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ޝިފްޓް ޑިއުޓީ އެލަވަންސް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.
- ރިސްކް އެލަވަންސް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ދެވޭނެއެވެ.
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޤާނޫނާއި ޚިލާފުވާ 18 އަހަރުން ދަށުގެ ކުދިންނަށް ރައްކާތެރިކަން ދީ އަނބުރާ މުޖުތަމައުއަށް ގެނެއުމަށްޓަކައި ކުދިން ނަށް ބެލެހެއްޓުމުގެ އެންމެހާ ޒިންމާތައް އަދާކުރުން. މިގޮތުން ގަނޑިތައް ތަރުތީބުކޮށްފައިވާގޮތަށް ކުއްޖާ އަމަލުކުރޭތޯ ބެލުން. މިގޮތުން ނިދާ، ފެންވަރާ، އަދި މިނޫންވެސް ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލްތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރުން.
- ރައްކާތެރިވެއްޓެއް ޤާއިމްކުރުމުގެ ގޮތުން މަރުކަޒަށް ގެނެވޭކުދިންނަކީ ތަފާތު ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާއީ ގޮންޖެހުން ތަކާއި އެކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މާޔޫސީ ހާލަތެއްގައި ގެނެވޭ ކުދިން ކަމަށްވާތީ، މިކަން އަބަދުވެސް ހަނދާންކޮށް، ކުދިންގެ ހާލަތު ދެނެގަންނަން އަދި އެހީތެރިވާ ފަރާތެއް ކަމުގައިވެ، ކުދިންގެ ލާބައަށް އަބަދުވެސް މަންފާއަށް މަސައްކަތް ކުރުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިން ޑޮކްޓަރަށް ދައްކަން ގެންދަންޖެހޭ ޙާލަތްތަކުގައި މެނޭޖްމަންޓުން އަންގާ ގޮތަކަށް ޢަމަލުކުރުމާއި، ބޭސްދޭންޖެހޭ ޙާލަތްތަކުގައި ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދާއެކު ބޭސްދިނުމާއި، ކުއްޖަކު ބަލިވެއްޖެ ހިނދެއްގައި ޞިއްޙީ ޚިދުމަތްތެރިން ދޭ އިރުޝާދެއްގެ މަތިން ކުދިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބަލަހައްޓަން ޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، މެނޭޖްމަންޓުން ހަމަޖައްސާ އުޞޫލެއްގެ މަތިން ހޮސްޕިޓަލުގައި ކުއްޖާ ކައިރީ ޑިއުޓީކޮށް، ކުއްޖާގެ އެންމެހާ ކަންކަން ބެލެހެއްޓުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިން ބަލަހައްޓަމުން ދާއިރު ކުދިންގެ ސިއްޙަތަށް ގެއްލުންވާފަދަ އެއްވެސް އެއްޗެއް އެއްވެސް ކުއްޖަކަށް ނުދިނުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިންނަށް ކާންބޯންދިނުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިންގެ ތެރެއިން ޚާއްޞަ މެނޫއެއްގެ ދަށުން ކާބޯތަކެތި ތައްޔާރުކޮށް ކުދިންނަށް ބޭނުންވާ ކާބޯތަކެތި ސެންޓަރުން ހަމަޖައްސާފައިވާ އުސޫލެއްގެ މަތިން ދިނުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިންގެތެރެއިން ސްކޫލަށްދާންޖެހޭ ކުދިން ސްކޫލަށް ގެންގޮސް ގެނައުމާއި ސްކޫލުން އަންގާ ކަންކަމުގެ ތެރެއިން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ސްކޫލުން ހޯދަން އަންގާ ތަކެއްޗާއި، ކުރަން އަންގާ ކަންކަން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
- ސެންޓަރުން ހިންގާ ޙަރަކާތްތަކުގައި ބައިވެރި ކުރުވުމަށްޓަކައި ކުދިންނާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން އަދި ކެއަރވޯކަރުން ކުދިންނާއެކު އަމަލީގޮތުން އެކަންކަމުގައި ބައިވެރިވުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމުގައި ކުދިންނަށް އަދަބާ ޚިލާފު ވީޑިއޯއާއި، ފޮޓޯ އަދި މިނޫންވެސް މިފަދަ އެއްވެސް މަންޒަރެއް އެކުލެވޭ އެއްވެސް އެއްޗެއް ނުދެއްކުން.
- މަރުކަޒުގައި ބަލަހައްޓާ ކުއްޖަކަށް އެއްވެސް ކަހަލަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއެއް ނުވަތަ އިހްމާލެއް ނުދިނުމަށާއި އެފަދަ އަނިޔާއެއް ކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ ކުއްޖެއްގެ ފަރާތުން މަޢުލޫމާތު ލިބިއްޖެނަމަ އެކަން ވަގުތުން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމުގައި ތަނުގައި ކަނޑައެޅިފައި ހުންނަ ޤަވާއިދުތަކަށް އިޚްތިރާމުކޮށް އެގޮތަށް އަމަލު ކުރުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައިވެސް ކުދިން ބެލެހެއްޓުމާއި އެކުދިން އުޅޭ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއި އަދަބުވެރިކަމާއި، މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރުމާއި، މުޢާމަލާތް ކުރުމުގައި އަދަބާ ޚިލާފު ބަސްތަކާއި، އަޚްލާޤީ މިންގަނޑާ ޚިލާފު ދަށުދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން. އަދި ކުދިންނާއި މުޢާމަލާތް ކުރާއިރު ކުދިންގެ އުމުރާއި ގުޅޭ ގޮތަށް މުޢާމަލާތް ކުރުމާއި ހަރުކަށި އަދި ދަށު ދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި، މަރުކަޒުގެ އެތެރޭގައި އަދި ބޭރުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް، މުޢާމަލާތުކުރުމުގައި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑެއްގައި އަޚްލާޤީ މިންގަނޑު ބެހެއްޓުން.
- މަރުކަޒުގައި ބަލަހައްޓާ ކުދިންގެ އަމަލުތަކަކީ ބައެއްފަހަރު އެންމެ އެކަށޭނެ އަމަލުތައް ކަމުގައި ނުވި ނަމަވެސް މިފަދަ ޙާލަތްތަކުގައި ކެއްތެރިކަމާއި އެކު ކުދިންނާއި މުއާމަލާތުކޮށް އެކުދިންގެ ހާލަތު ދެނެގަންނަން މަސައްކަތް ކުރުން.
- މަސައްކަތްކުރާ ދާއިރާއާއި ގުޅުންހުރި މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރުން އަދި ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރުން.
- މުވައްޒަފުންގެ އަމިއްލަ ކަންކަން ކުދިންނާއި އެއްވެސް ވަރަކަށް ހިއްސާނުކުރުން އަދި ޑިއުޓީ ގަޑީގައި މުވައްޒަފުންގެ އަމިއްލަ ފޯނު، ކުއްލި ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި މެނުވީ ބޭނުން ނުކުރުން.
- މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ޙަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން.
- ސިވިލް ސަރވިސް ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލުކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަންކިޔަން އެގުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް hr@homeaffairs.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ޑިސެންބަރު 2019 އާއި 31 ޑިސެންބަރު 2019 އާ ދެމެދުގެ ތާރީޚެއްގައި، ހއ. ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.
|