ދިވެހިރާއްޖެ
އިޢުލާން
2 ކްލާސްރޫމް ހިމެނޭ ހޯލް އިމާރާތުގެ ސީލިންގ މަރާމާތުކުރުން
މި ސްކޫލްގެ 3ކްލާސްރޫމް ހިމެނޭ ހޯލް އިމާރާތުގެ ސީލިންގް މާރާމާތުކުރުމަށް 26 ނޮވެމްބަރ 2019 (GS-122/2019/25) ގައި ކުރި އިޢުލާން އާއި ގުޅިގެން ހުށައެޅިފައިވާ ބިޑުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
1 2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ ތެރެއިން މިސްކޫލްގެ 2ކްލާސްރޫމް ހިމެނޭ ހޯލު އިމާރާތުގެ ސީލިންގް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019ޑިސެމްބަރ 10 ން 2019 ޑިސެމްބަރ 11 އަށް 8:00 އިން 14:00 އަށް މި ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019ޑިސެމްބަރ 11 ވަނަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ކިނޮޅަހު ސްކޫލް އޮފީސް |
15 ޑިސެމްބަރ 2019 |
އާދިއްތަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ކިނޮޅަހު ސްކޫލް އޮފީސް |
18 ޑިސެމްބަރ 2019 |
ބުދަ |
13:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
4 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުމާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
5 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކިނޮޅަހުސްކޫލް
ފޯން: 6580360
އީ-މެއިލް: admin@kinolhahuschool.edu.mv
12 ރަބީޢުލް އާޚިރު 1441
09 ޑިސެމްބަރ 2019