ދިވެހިރާއްޖެ
އިޢުލާން
ލ. ފޮނަދޫގައި ބާއްވަން ހަމަޖައްސާފައިވާ 'މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރަންސް' އާއި ގުޅޭ
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ލ. އަތޮޅު ކައުންސިލާއި މި މިނިސްޓްރީ ގުޅިގެން މި ހިނގާ ޑިސެންބަރު މަހުގެ 22 ވާ އާދީއްތަ ދުވަހުގެ ހަވީރުން ފެށިގެން 24 ވާ އަންގާރަ ދުވަހުގެ ހަވީރުގެ ނިޔަލަށް، ލ. ފޮނަދޫގައި 'މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރަންސް' އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރަންސްގައި ބައިވެރިވުމަށް ޖަމްޢިއްޔާތަކަށް ދަޢުވަތު ދެމުންދަނީ އީމެއިލް މެދުވެރިކޮށެވެ. އެހެންކަމުން، ދަޢުވަތު އީމެއިލް އަދި ލިބިފައިނުވާ، މިހާރުވެސް ޙަރަކާތްތެރިވަމުންދާ، ލ. އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމްޢިއްޔާއެއް ވާނަމަ، މި މިނިސްޓްރީގެ ce.info@youth.gov.mv އަށް އީމެއިލް އަކުން، 17 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެކަން އެންގެވުން އެދެމެވެ.
ލ. ފޮނަދޫގައި ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާތައް ނޫން އެހެން ޖަމްޢިއްޔާތަކުން ބައިވެރިވާ ފަރާތްތަކަށް ޖަމްޢިއްޔާ ރަޖިސްޓަރީ ކޮށްފައިވާ ރަށުން ފެށިގެން ލ. ފޮނަދޫ އާއި ދެމެދު ދެކޮޅު ދަތުރު ހަމަޖައްސައިދެވޭނެއެވެ. އަދި އެ ފަރާތްތަކަށް ކޮންފަރަންސް އޮންނަ ދުވަސްތަކުގައި ހުރުމާއި ކެއުމުގެ ޚަރަދު ބަލަހައްޓައިދެވޭނެއެވެ.
މި ކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، މި މިނިސްޓްރީގެ ފޯނު ނަންބަރު 3347387 އަށް ގުޅުއްވުން އެދެމެވެ.