ދިވެހިރާއްޖެ
އިޢުލާން ނަންބަރު: RDC-IUL/2019/004
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އެޗް.އާރް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު -/5500ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2200ރ އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) |
ފެންވަރު ނުވަތަ ޝަރުތު: |
- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ބިދޭސީ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ އެކްސް.ޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. - އާރު.ޑީ.ސީ އަށް ރެކްރރޫޓް ކުރަން ބޭނުންވާ މުވައްޒަފުންނާއި މިހާރު ވަޒީފާގައިއުޅޭ މުވައްޒަފުންގެ އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާ ކަނޑައެޅިފައިވާ މުއްދަތަށް އިމިގްރޭޝަންއަށް ހުށަހެޅުން. - އަލަށް ގެނެވޭ މުވައްޒަފުންގެ ވަޒީފާ އެއްބަސްވުން ތައްޔާރުކުރުމާއި ވިސާއަށް ބޭނުންވާ މެޑިކަލްގެ އެންމެހާ ކަންތައްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ އެމުވައްޒަފުންގެ މަޢުލޫމާތު ރެކްރޫޓްމަންޓުގެ ރަޖިސްޓްރީއަށް އެންޓަރކޮށް އެމުވައްޒަފުންގެ ފިންގަރޕްރިންޓުނަގައި މުވައްޒަފުގެ ސްޓާފް ކާޑް ތައްޔާރުކުރުން. - ވަޒީފާއަށް އަލަށް ނިކުންނަ ބިދޭސީ މުވައްޒަފުން ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް ސޮއިކުރުމަށްފަހު ފައިލަށް ބޭނުންވާނެ އެންމެހާ ލިޔެކިޔުންތަށް އެމުވައްޒަފުން އަތުން ހޯދާ ކޮންމެ މުވައްޒަފަކަށް ވަކި ޕާރސަނަލް ފައިލްއެއް ތައްޔާރުކޮށް އެމުވައްފުންގެ މައުލޫމާތު ރަޖިސްޓްރީއަށާއި އެޗް.އާރް.ސިސްޓަމަށް އަޕޮޑޭޓްކުރުން. - ބިދޭސީ މުވައްޒަފުންގެ ހާޒިރީ މަސައްކަތް ކުރުން. - މި ކުންފުނީގެ މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މެޑިކަލް އިންޝުއަރަންސް ހެއްދުމަށް ބޭނުންވާ ލިޔެކިޔުންތައްތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް އިންޝުއަރކުރުމަށް ހުށަހެޅުން. - މި ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޓްރެވަލލިން އައިޓަނަރީގައިވާ ގަޑިތަކަށް އެފަރާތްތަށް ބަލާ އެއަރ ޕޯޓަށް ދިއުމާއި އެމީހުން މާލެގެނެސް ހަމަޖެހިފައިވާ އެކަމަޑޭޝަންތަކަށްލުން |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 2019 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެމްބަރ / 2020 ޖެނުއަރީ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
19 ރަބީޢުލް އާހިރު 1441
16 ޑިސެމްބަރ 2019